އޮޓޮމެޓިކް ޓެލާ މެޝިން ނުވަތަ އޭޓީއެމްއަކީ މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އެއް މެޝިނަށް ވާނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ބޭންކުތަކުން އޭޓީއެމް ބަހައްޓާފައި ހުރެ އެވެ.
ކުރިން ހަމައެކަނި އޭޓީއެމް އިން ފައިސާ ނެގުނަސް މިހާރު އޭޓީއެމްތަކުން ފައިސާ ޖަމާކުރުމާއި ޗެކް ޖަމާކުރުމުގެ އިތުރުން ވެސް އެހެން ހިދުމަތްތައް ވެސް ލިބެ އެވެ.
އެހެން ނަމަވެސް މި ލިޔުމުގައި މި ބަލާލަނީ އޭޓީއެމްއިން ލިބިދޭ ހިދުމަތްތަކަށް ނޫނެވެ. މިލުޔުމުގައި ބަލައިލާނީ އޭޓީއެމްގައި ބޭނުންކުރާ ކޭޝް ކާޑުގައި ހަތަރު އަކުރުގެ ޕިން އިންނަ ސަބަބާ މެދުގައި އެވެ.
އެންމެ ފުރަތަމަ އޭޓީއެމް އީޖާދުކުރީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޖޯން އޮޑްރިއަން ޝެޕާޑް ބެރޮންނެވެ. އަދި އޭޓީއެމްގައި ބޭނުންކުރާ ކާޑާއި އޭގައި ބޭނުންކުރާ ޕިން ވެސް ތައްޔާރު ކުރީ ހަމަ އޭނާ އެވެ.
އެންމެ ފުރަތަމަ ޝެފާޑް ބެރޮން ކޭޝް ކާޑުގައި ބޭނުންކުރުމަށް ނިންމާފައިވަނީ ހަ އަދަދުގެ ޕިން ނަންބަރެކެވެ. އެހެން ނަމަވެސް އެ އަދަދު ހަތަރަކަށް ބަދަލުކުރީ އޭނާގެ އަންހެނުންނަށް ހަ އަދަދު ހިތުދަސް ކުރުމަށް އުނދަގޫވެދާނެތީ އެވެ. އަދި ހަ އަދަދުގެ ޕިން ނަންބަރު ދަސްކުރުމަށް އުދަގޫވާނެ ވާހަކަ ވެސް އޭނާ ގާތުގައި އޭނާގެ އަންހެނުން އޮތީ ބުނެފަ އެވެ.
މިހާތަނަށް އައިރުވެސް ކޭޝް ކާޑުގެ ޕިން ނަންބަރުގެ ގޮތުގައި އަދިވެސް ބޭނުން ކުރަނީ ހަތަރު އަދަދެވެ.