ޔޫސުފް ޝަފީއު (ޔޫއްޕެ) ޕްރޮޑްކްޝަން އާއި ޝައި ޕްރޮޑަކްޝަންގެ އުފެއްދުންތަކުގައި އެކްޓްކުރަން ބޭނުންވާ ފަންނާނުން ހޯދުމަށް އޮޑިޝަނެއް ބާއްވަން ނިންމައިފި އެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން ބުނީ ފިލްމީ ދާއިރާއަށް ވަންނަން ޝައުގުވެރިކަން ހުންނަ މީހުންނަށް ހުޅުވާލައިގެން މިރޭ އޮޑިޝަނެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ގިނަ ބަޔަކަށް ބައިވެރިވޭ ގޮތަށް އޮޑިޝަނެއް ބޭއްވުމަށް ނިންމީ ދިވެހި ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ނެރުމުގެ ބޭނުމުގައި ކަމަށް ވެސް ޔޫއްޕެ ޕްރޮޑަކްޝަނުން ބުނެ އެވެ.

ޖަސްޓިސް ބިލްޑިންގު ކައިރީގައި ހުންނަ ސީޑް ބައި ބީސީސީގެ ފުރަތަމަ ފަންގިފިލާގައި ކުރިއަށް ގެންދާ އޮޑިޝަން އޮންނާނީ މިރޭ ހަތަކުން ފެށިގެން ދިހައެއް ޖަހަންދެނެވެ.

https://www.instagram.com/p/CTEqzWZhf2i/

މިރޭ ބާއްވާ އޮޑިޝަނަކީ ނަން ހާމަ ކޮށްފައިވާ ނުވާ ޔޫއްޕެގެ ކުރިއަށް އޮތް ބޮޑު ވެބް ސީރީޒްގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަންގެ ކުރިއަށް ހުރި ޕްރޮޖެކްތަކަށް ކާސްޓުން ހޯދުމުގެ މަގުސަދުގައި ބާއްވާ އޮޑިޝަނެކެވެ.

ޔޫއްޕެ ޕްރޮޑަކްޝަންގެ ޑްރާމާ ސިލްސިލާ "ހުވާކޮށްފާ ބުނަން" ގެ ފުރަތަމަ ސީޒަން މި އަހަރުގެ ތެރޭގައި ދައްކާފައިވާއިރު އެ ދެ ޕްރޮޑަކްޝަން ހައުސްގެ ކުޑައިގެ ދަށުން ހަދާފައިވާ ފިލްމު "ހެހެސް" ރިލީޒްކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.