ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުން ހއ. ފިއްލަދޫއާ އެއްކޮށް އޮންނަ ދައްޕަރު، ފިއްލަދޫގެ އިހުތިސާސުން ވަކިކޮށްފި އެވެ.
ރައީސް ސޯލިހު ނެރުއްވި ގަރާރުގައި ބުނެފައިވަނީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ބާރަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.
އެގޮތުން ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދައްޕަރު ފިއްލަދޫގެ އިހުތިސާސުން ވަކިކުރަން ނިންމަވާފައިވާ ކަމަށް އެ ގަރާރުގައި ވަނީ ބުނެފަ އެވެ. އަދި އެ ރަށަކީ ރިސޯޓު ތަރައްގީކުރާ ރަށެއް ކަމަށް ވެސް އެ ގަރާރުގައި ކަނޑައަޅާފައިވެ އެވެ.
މީގެ ކުރިން އެންމެ ފުރަތަމަ ރަށްތަކުގެ އިހުތިސާސް ބަޔާންކުރި ގަރާރުގައި ދައްޕަރު ހިމަނާފައިވަނީ ފިއްލަދޫ ކައުންސިލުގެ އިހުތިސާސްގެ ތެރޭގަ އެވެ. ނަމަވެސް އެ އިހުތިސާސަށް ބަދަލު ގެންނަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަތުމުން އެ ގަރާރަށް އިސްލާހު ގެނައީ ކަމަށް ބުނެފައިވެ އެވެ.
ދައްޕަރުގައި އިންޑިއާ މީހުންނަށް ސެކަންޑް ހޯމް އަޅަން ދޭން އުޅޭކަމުގެ އަޑު މީގެ ކުރިން ވަނީ ގަދަވި އެވެ. ނަމަވެސް އެކަމަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.
މީގެ އިތުރުން ރ. ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިހުތިސާސަށް ވެސް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބަދަލު ގެންނަވާފަ އެވެ.
އެގޮތުން ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ އެ އަތޮޅު ގާއުނޑޫދޫ ވަނީ ހުޅުދުއްފާރުގެ އިހުތިސާސުން މިހާރު ވަކިކޮށްފަ އެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ބޭންކިން ދާއިރާގެ 80 ޕަސެންޓަކީ ދިވެހީން ކަމުގައި ހަދަނީ
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު