މެލްބަން- (2 ސެޕްޓެމްބަރު) ކޮރޯނާވައިރަހާ ގުޅިގެން އޮސްޓްރޭލިއާގެ އިގްތިސާދު 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރިސެޝަނަކަށް ގޮޮސްފި އެވެ.
އެ ގައުމުގެ ޖީޑީޕީ ވަނީ އެޕްރީލް-ޖޫން ކުއާޓަރުގައި، އޭގެ ކުރީގެ ތިން މަސްދުވަހާއި އަޅާ ބަލާއިރު ހަތް ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މިއީ 1959 ވަނަ އަހަރު ރިކޯޑްތައް ބަލަހައްޓަން ފެށިފަހުން ވެސް މިހާބޮޑަށް މި އަދަދު ވެއްޓުނު ފުރަތަމަ ފަހަރެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އޮސްޓްރޭލިއާގެ ޖީޑީޕީ ވަނީ 0.3 ޕަސެންޓް ވެއްޓިފަ އެެވެ.
އިގްތިސާދެއް ރިސެޝަންއަކަށް ދިޔަކަމަށް ކަނޑައެޅެނީ ޖެހިޖެހިގެން ދެ ކުއާޓަރުގައި ނެގެޓިވް ގްރޯތްއެއް ފާހަގަކުރެވުމުންނެވެ.
2008ގެ ގްލޯބަލް ފައިނެންޝިއަލް ކްރައިސިސްގައި ރިސެޝަންއަކަށް ނުގޮސް ހިފަހައްޓާލި މަދު އިގްތިސާދުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެ އެވެ. އެއީ އޭރު އޮސްޓްރޭލިއާގެ ގުދުރަތީ ވަސީލަތްތަކަށް ޗައިނާގެ ބޮޑު ޑިމާންޑްއެއް އޮތުމުގެ ސަބަބުންނެވެ.
މިއަރު ފެށުނު އިރު އޮސްޓްރޭލިއާގެ ޖަންގަލިތަކުގެ ތެރޭގައި ރޯވި އަލިފާނާއި އެކުވެސް އިގްތިސާދަށް ވަނީ ލޮޅުންތައް އަރާފަ އެވެ.
އޭގެ ފަހުން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެގައި ފިހާރަތައް ބަންދުކޮށް މީހުން އެއްތަނުން އަނެއް ތަނަށް ދިއުން ހުއްޓުވުމުގެ ސަބަބުން އަނެއްކާވެސް އިގްތިސާދީ ހާލަތުވަނީ ގޯސްވެފަ އެވެ. އެކަން ރަގަޅލުކުރުމަށްޓަކައި ސަރުކާރުންނާއި މަރުކަޒީ ބެންކުތަަކުން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފަ އެވެ. -ބީބީސީ