އޭޝިއާއަކީ ގުދުރަތީ ރީތިކަން ލިބިގެންވާ މުއްސަނދި ސަގާފަތެއް އޮތް ބައްރެކެވެ. މި ބައްރުގެ ކޮންމެ ގައުމަކީ ވެސް ތަފާތު ގައުމަކަށް ވާއިރު އޭގެ ތެރެއިން ވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބައެއް މަންޒިލްތައް ހުރެ އެވެ.

ކެޕަޑޯކިއާ، ތުރުކީ

ކެޕަޑޯކިއާ، ތުރުކީ

ތުރުކީގެ ކެޕަޑޯކިއާ އަކީ ތަފާތު ތަޖުރިބާއެއް ލިބިދޭނެ ޖާދުވީ މަންޒިލެކެވެ. ކެޕަޑޯކިއާގެ "ހޮޓް އެއާ ބެލޫން ފެސްޓިވަލް" އަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ކަމެކެވެ.

ބާލީ، އިންޑޮނޭޝިއާ

ބާލީ، އިންޑޮނޭޝިއާ

ފެހިގަދަ ގުދުރަތީ މުއްސަނދިކަން ލިބިގެންވާ އިންޑޮނޭޝިއާގެ މި ސަރަހައްދަކީ ހަނީމޫން ފާހަގަ ކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު "ޓްރޮޕިކަލް" އިހުސާސެއް ގެނުވައިދޭ މަންޒިލެކެވެ.

ކިޔޯޓޯ، ޖަޕާން

ކިޔޯޓޯ، ޖަޕާން

މީގެ އަހަރުތަކެއް ކުރިން ޖަޕާނުގެ ވެރިރަށް ކަމަށްވާ ކިއޯޓޯއަކީ ތާރީޚީ އަދި ސަގާފީ މުއްސަނދިކަން ލިބިފައިވާ މަންޒިލަކެވެ. މިއީ ޖަޕާނުގެ ތާރީޚާއި ސަގާފަތް ތަޖުރިބާ ކުރަން ބޭނުންވާ ނަމަ ކޮންމެހެން ދާން ޖެހޭނެ ތަނެކެވެ.

ޖައިޕުރް، އިންޑިއާ

ޖެއިޕުރް، އިންޑިއާ

މުއްސަނދި ސަގާފަތެއް ލިބިފައިވާ އިންޑިއާގެ ޖެއިޕޫރުއަކީ އެގައުމުގެ ދުވަސްވީ ރަސްމަތިފުށުގެ ނިޝާންތައް ފެންނާނެ ތާރީޚީ ސަރަހައްދެކެވެ.

ސޯލް، ދެކުނު ކޮރެއާ

ސިއޯލް، ދެކުނު ކޮރެއާ

ސޯލްއަކީ ތަރައްގީވެފައިވާ ސަރަހައްދުތައް ތަޖުރިބާ ކޮށްލަން ބޭނުން ނަމަ އެންމެ ރަނގަޅު މަންޒިލެވެ. ޒަމާނީ އިމާރާތްތަކާއި އެންމެ ފަހުގެ އުމްރާނީ ތަރައްގީ ދައްކުވައިދޭ ސިއޯލްގެ ރަށްބޭރުގައި މައުންޓަން ކްލައިމްބިންގް ފަދަ ހަރަކާތްތައް އޮވެ އެވެ.

ތިމްޕޫ، ބޫޓާން

ތިމްޕޫ، ބޫޓާން

ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ބޫޓާންގެ ވެރި ރަށް ތިމްޕޫއަކީ އެ ސަރަހައްދަށް ލިބިފައިވާ ގުދުރަތީ އަދި ތާރީހީ މުއްސަނދި ކަމުގެ ސަބަބުން ހިތްހަމަ ޖެހުމާއި ހަމަހިމޭން ކަން ގެނެސްދޭނެ ތަނެކެވެ.

ސިންގަޕޫރު

ސިންގަޕޫރު

އޭޝިއާގެ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި މިހާރުވެސް ހިމެނޭ ސިންގަޕޫރަކީ ކޮންމެ ބޭނުމެއްގައި ދަތުރު ކުރިނަމަވެސް އެންމެ ރަނގަޅު މަންޒިލެކެވެ. ވިޔަފާރި ވިޔަސް، ޗުއްޓީ ވިޔަސް ސިންގަޕޫރުން ތިބާގެ ބޭނުންތައް ފުދޭނެ އެވެ.