މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގާނޫނު ސަސާސީގެ 28ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިފައިވާ ކަމަށާއި މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަގޮތްތަކާއި ހިޔާލުފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭ ކަމަށް. އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖްބޫރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށް.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނާފައި ވާތީ، މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގާނޫނު ސަސާސީގެ 28ވަނަ މާއްދާގައި ނޫސްވެރިކަންކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިފައިވާ ކަމަށާއި މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަގޮތްތަކާއި ހިޔާލުފާޅުކުރުމާއި ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭ ކަމަށެވެ. އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖްބޫރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގައި މިހާރު ބަހުސްގެ މަރުހަލާގައި އޮތް މިބިލުގެ 136 ވަނަ މާއްދާގެ (ށ)ގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ފަނޑިޔާރުންނަށް މަޖުބޫރު ކުރުވިދާނެ ދެ ހާލަތެއް އިސްތިސްނާގެ ގޮތުގައި ހިމަނާފައިވުމުން މިމާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެ ނަމަ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މިއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓި އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގުވާމީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންކަމުން ހެއްކާބެހޭ ބިލުން އެބައިތައް އުނިކުރުމަށް އެމްއެމްސީން ގޮވާލާފައިވެ އެވެ.

ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރާ ފަރާތްތައް ހާމަކުރަންޖެހޭ ބައެއް ހާލަތްތައް ކަނޑައަޅާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އުޝާމު ވިދާޅުވީ އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ ހައްގަށް ހުރަސްއެޅި އެކަމުގެ ސަބަބުން ނޫސްވެރިކަމަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.