އިރު އުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން ކަަމަށްވާ "ޝާހީން"ގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ "ޝާހީން" ގެ ނަން ދީފައިވާއިރު، ޝާހީން ބާރުގަދަ ތޫފާނަކަށް ބަދަލުވެ ކުރިއަށް އޮތް 36 ގަޑިއިރު ތެރޭގައި، ހުޅަނގު އުތުރުން އަދި އޭގެ ފަހުން ހުޅަނގުގެ ދެކުނަށް ގަލްފޮ އޮމާންއަށް ދަތުރުކޮށް އިތުރަށް ބާރުގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އިން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މި ތޫފާނުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަކަށް ލަފާނުކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފަ އެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމަށް ސަމާލުވުމަށް ބުނެ އޮރެންޖު އެލާޓު ނެރެފައިވާއިރު، މިދުވަސްތަކުގައި އެކި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. އެއަށްފަހު މޫސުން އަނެއްކާވެސް ހަމައަކަށް އެޅިފައިވެއެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖެ އަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. އެގޮތުން މިއަދު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަވެ، އުޑުމަތި ވަނީ ބަނަވެފަ އެވެ.