ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "އޭކް ވިލަން ރިޓާންސް" އަންނަ އަހަރު ރިލީޒް ކުރުމަށް ނިންމައިފި އެވެ.

މޯހިތު ސުރީ ކުރި ޓުވީޓެއްގައި ބުނެފައިވަނީ "އޭކް ވިލަން ރިޓާންސް" އަންނަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހު ސިނަމާތަކަށް އަންނާނެ ކަމަށެވެ. މި ފިލްމަކީ ތަފާތުވާނެ ފިލްމެއް ކަމަށާއި ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކަޕޫރާ ބުޝަން ކުމާރުގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ "އޭކް ވިލަން ރިޓާންސް"ގެ ލީޑު ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް، އަރުޖުން ކަޕޫރު، ދިޝާ ޕާޓްނީ އަދި ތާރާ ސުތައިރާ އެވެ.

https://www.instagram.com/p/CUZlkBeKfNZ/?utm_source=ig_embed&ig_rid=7bfeef2a-1856-4029-bf9a-171d0615017d

"އޭކް ވިލަން ރިޓާންސް" އަކީ މޯހިތު 2014 ގައި ޝްރަދާ ކަޕޫރާއި ސިދާތު މަލްއުތުރާގެ އިތުރުން ރިދޭޝް ދޭޝްމުކާ އެކު ގެނެސްދިން "އޭކް ވިލަން" ގެ ސީކްއެލް އެވެ. މޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ރޮމޭންޓިކް އެކްޝަން ތުރިލާ "މަލަންގް" އެވެ.

https://www.instagram.com/p/CUZnvWoo1qY/