އެކިއެކި ޖޫރިމަނާތަކުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު 160 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކި ގޮތްގޮތުން ކުރި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 162.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
ދައުލަތުން އާންމުންނަށް ދޭ އެކި ހިދުމަތްތަކުން ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ނެގުމާއި ގުޅިގެން، ދައުލަތުގެ އާމްދަނީގެ ގޮތުގައި ބޮޑެތި އަދަދުން ރުފިޔާ ވަންނަ ކަމަށް ދައްކަ އެވެ.
އެހެންނަމަވެސް ޖޫރިމަނާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނެގުމާ ގުޅިގެން އާންމުންގެ ފަރާތުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.
މިދިޔަ އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 102.9 މިލިއަން ރުފިޔާ ލިބުނުއިރު އެކި ކަންކަމާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި މިއަހަރު ދައުލަތަށް 43.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ޖޫރިމަނާގެ މައްސަލައާއި ގުޅިގެން އާންމުންގެ ފަރާތުން އެންމެ ގިނަ ބަޔަކު ޝަކުވާކުރަނީ ޓްރެފިކް ވަޔަލޭޝަނާ ގުޅިގެން ކުރާ ޖޫރިމަނާ އެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
ކޯޓު ހުކުމަށް އަމަލުނުކުރި ކަމަށް ބުނެ މައްސަލަ ކައުންސިލަށް

އާމްދަނީ އިތުރު ކުރަންވެސް ރައްޔިތުން ފެލަނީ ޓެކުސްގެ ނަމުގައިވެސް ރައްޔިތުން ފެލަނީ!
މި މަސައްކަތް ހަގުނަ ވަރު ޖައްސާލީމާ މިނިމަމްވޭޖް ކަނޑައެޅުމުން ބަޖެޓަށް އައި 600 މިލިއަންގެ ޑައިރެކްޓް އިމްޕެކްޓަށްވާ ވަރަށް އާމްދަނީ ލިބޭނެ. މައްސަލަ ހައްލުވީ.