ރާއްޖޭގެ މަޝްހޫރު މޮޑެލް، ކައިޒީން ވެސް އެންމެ ފަހުން ޓިކްޓޮކާ ގުޅިއްޖެ އެވެ.
ޓައިގަރު ޕްރިންޓް ޖަހާފައި ހުރި ޖަމްޕްސޫޓެއް ލައިގެން ނަގާފައި ހުރި ޓިކްޓޮކް ވީޑިއޯ އެއް މިއަދު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުން ކައިޒީން އޭނާގެ ފޭނުން ކިބައިން އެދިފައި ވަނީ ޓިކްޓޮކް އިން އޭނާ ފޮލޯ ކޮށްދިނުމަށެވެ.
ކައި ބުނެފައި ވަނީ އޭނާ ޓިކްޓޮކާ ގުޅުމުން ގިނަ ބަޔަކު ސުވާލުކުރަމުން އަންނަ ކަމަށެވެ. އެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ އެކަން ކުރީ ޓިކްޓޮކްގެ ސައުތު އޭޝިއަން ޓީމުން ދިން ދައުވަތަކާ ގުޅިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.
މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަލީ ސީޒަންގެ ޓިކްޓޮކް އެކައުންޓް ވަނީ ވެރިފައި ކޮށްދީފަ އެވެ. މިއީ އެންމެ ފުރަތަމަ ޓިކްޓޮކުން ވެރިފައިކޮށްދިން ދިވެހި ދެ އެކައުންޓު ވެސް މެ އެވެ.
މީގެ އިތުރުން އައްޒަގެ ފިރިމީހާ މުއާގެ އެކައުންޓް ވެސް ވަނީ ވެރިފައިކޮށްދީފަ އެވެ. މިއާއި އެކު ދިވެހިންގެ ތެރޭގައި ޓިކްޓޮކަށް އޮންނަ ފޯރި ބޮޑުވެގެންދިޔަ އެވެ.
ޓިކްޓޮކަކީ މޫނިފޫހި ފިލިވުމަށްގިނަ ދިވެހިން ބޭނުންކުރާ އެޕެކެވެ.