ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، ފުލުހުން ކުރާ މަސައްކަތާއި ގުޅިގެންނެވެ.

މިގޮތުން މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ، ދަފްތަރު ނަންބަރު ރސ 7076، އާދަމް ޝިމާލް (50އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ރސ 3997، ޢަލީ ޔޫސުފް (61އ) އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އާދަމް ޝިމާލް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 28 ވަނަ ދުވަހުގެ 1:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އަލީ ޔޫސުފް ވެސް ހޯދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށާއި، ބަންދުގައި ބަހައްޓައިގެން މިމަހުގެ 28 ވަނަ ދުވަހުގެ 9:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.