2022 ވަނަ އަހަރު ބަޖެޓަށް ފައިސާ ހޯދުމަށް ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގަން ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި، އާމްދަނީ ހޯދަން އަލަށް ނަގާ ޓެކްސްއެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ވަނީ ހިމަނާފަ އެވެ. ޖޫން 2022 އިން ފެށިގެން މި ޓެކްސް ނަގަން ހުށަހަޅާފައި ވާއިރު، މިއީ: ކަސްޓަމަރުންގެ އަަތުން ނަގާ ޓެކްސްއެއް ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވިޔަސް 2 ރުފިޔާ ނަގާނެ ކަމަށް ބުނެފައިވެ އެވެ.
މި ސިޔާސަތު ތަންފީޒުކުރުން ލަސްވާ ނަމަ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީއަށް އޭގެ އަސަރު ކުރާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
އެގޮތުން، މި ޓެކްސް އިން އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރަނީ:
- އަހަރު ފެށޭއިރު ނަގަން ފަށާ ނަަމަ: 47.7 މިލިއަން ރުފިޔާ ކުއާޓަރެއް ލަސްވެއްޖެ ނަމަ: 35.3 މިލިއަން ރުފިޔާ
- ދެ ކުއާޓަރު ލަސްވެއްޖެ ނަމަ: 23.5 މިލިއަން ރުފިޔާ
- ތިން ކުއާޓަރު ލަސްވެއްޖެ ނަމަ: 10 މިލިއަން ރުފިޔާ
ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން 30 ސެންޓިމީޓަރަށް ވުރެ ކުދި ކޮތަޅު ރާއްޖެ އެތެރެކުރުން މިިދިޔަ ޖޫން މަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ޓެކްސް ނެގުމުގެ އެއްވެސް ބޭނުމެއް ނެތޭ ޕްލާސްޓިކް އަކީ އެއީ ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް ކަން މިހާތަނަށް ހޯދި ހޯދުން ތަކުން ސައެންޓިފިކް ކޮމިއުނިޓީން ބުނަނީ އެއިން ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް ނޫނޭ ޕްލާސްޓިކް ވެސް ހަދަނީ ގަސް ތަކުން ދެން ކަރުދާސް ހަދަނީ ގަސް ތަކުން ދެން ކޮބާތޭ ތިމާވެއްޓަށް ޕްލާސްޓިކް އިން ގެއްލުންވާނެ ގޮތަކީ އެއީ ސައެންޓިފިކަލީ ޕްރޫވެން ކަމެއް ނޫނޭ ސަރުކާރުގެ ފައިސާ ހުސްވެގެން ދެން ރައްޔިތުންގެ ޖަނގިޔަލުން ވެސް ޓެކްސް ނަގާނެއޭ
އަންހެނުން މައްސަރު ކަންތައް ދިމާވެގެންޖަހާ ޕެޑުންވެސް ޓެކުސް ނަގާބަލަ. ބަޖެޓަށް ވަރަށް ފައިދާބޮޑުވާނެ.
މީހުން އަތުގާ އެވަރަކަން ފައިސާ ހުންނަނީކީ ވެސްނޫން ތިހުރިހާ ކަމެތް ހަމަޖެހޭނެ. ސަރުކާރުގާ ތިބި ބޮޑެތި މޭހިންގެ ހަރަދުތައް އެމީހުން އަމިއްލަޔައް ކުރާގޮތައް ހަމަޖެެއްސީމަ އެލިބޭ ބޮޑު މުސާރަ އެކުންޓުތަކުގާ ބަހައްޓާފަ ތިމާމެނައްކުރާ ހުރިހާ ހަރަދެއް ސަރުކާރުގެ ބަޖެޓުންކުރީމަ ކިހިނެތްވާނެ. ބަޖެޓުގާ ހުންނާނީ މުޅިން ވެސް ރައްޔިތުންގެ ފައިސާއެތްނުން. އެހުމެތް ކެހުމެތްނެތް ކޮންގޮތަކުން ހެޔޮވާނީ ދިހަލާލުވެދްވާނީ ތިކަންތައް ޔައުނީތި ހަރަދުކުރަންތަ ހުއްޓާލާ.