މެދުއިރުމަތީިގެ ގައުމުތަކުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުކރުމަށް ގޮވާލަމުން ދާތީ އެކަން ހުއްޓާލުމަށް ފްރާންސްއިން ގޮވާލައިފި އެވެ.

ފްރާންސްގެ ހާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވާ ގޮތުން ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގައި ފްރާންސްގެ އުފެއްދުންތައް، ޚާއްސަކޮށް ކެއިންބުއިމުގެ ބާވަތްތައް ބޮއިކޮޓް ކުރުމަށް އެދި ކޯލްތައް ލިބެމުންދެ އެވެ. އަދި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ފްރާންސްގެ ޓީޗަރުގެ މައްސަލާގައި މުޒާހަރާކުރުމަށް ވެސް ގޮވާލަމުން ދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

"ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާާލާ ގޮވާލުންތަކަކީ އެއްވެސް މާނައެއް ނެތް ތާކުން ތާކު ނުޖެހޭ ގޮވާލުންތަކެއް. އެކަން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ. އަދި ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ގައުމަށް މި އަމާޒުވެގެންދާ ހަމަލާތައް ވެސް ހުއްޓާލަން ޖެހޭ،" އެ ބަޔާނުގައި ވެ އެވެ.

މިކަމާ ގުޅިގެން ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން ކުރެއްވި ޓުވީޓެއްގައި ވަނީ ދުވަހަކު ވެސް ދީނީ ގޮތުން ހައްދުފަހަޅައި ތިބި މީހުންނަށް އަމާން ނުދެއްވާނެ އެވެ. އަދި "ހޭޓް ސްޕީޗް" އަކީ ބަލައިގަންނާނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައި ހުރި ކުރެހުންތައް ނެގުމަށް މެކްރޯން ދެކޮޅު ހަދައި އިސްލާމުންނަށް ފާޑުކިޔުމުން އަރަބި ގިނަ ގައުމުތަކުން މިހާރު ވެސް ވަނީ އެ މީހުންގެ ފިހާރަތަކުން ފްރާސްގެ އުފެއްދުންތައް ނަގަން ފަށާފަ އެވެ.