އއ. މަތިވެރީގައި ހުންނަ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓްހައުސްއަށް މީހަކު ވައްދައި މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ މެމްބަރު ޖާބިރުގެ ކޮއްކޮ އަލީ އަސްރާ އާއި އިތުރު މީހެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ޖާބިރުގެ ގެސްޓް ހައުސްގައި މީހަކަށް ހަމަލާ ދިނުމުގެ ސަބަބުން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖާބިރުގެ ގެސްޓް ހައުސްގައި މީހަކު ރަހީނުކޮށް އަނިޔާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިއަދު ޖާބިރުގެ ގެސްޓު ހައުސްގައި ވަނީ އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފަ އެވެ.
"ކާސާ މިއާ" އަކީ ޖާބިރު މަތިވެރީގައި ހިންގަމުން އަންނަ ގެސްޓްހައުސް އެކެވެ.
އެތަނުގެ ބިމު ކުއްޔަށް ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އުޅުއްވާ މައްސަލައާ ގުޅިގެން ޖާބިރު އާއި މަތިވެރީ ކައުންސިލުގެ މެދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ. މީގެ މަސް ދުވަސް ކުރިން ވެސް ޖާބިރާ ދެކޮޅަށް މަތިވެރީގައި މުޒާހަރާ ކުރި އެވެ. އެންމެ ފަހުން އޭނާ ރަށުން ފައިބަން ޖެހުން ޕޮލިހުންގެ ހިމަޔާތުގަ އެވެ.
ޖާބިރު ބިމު ކުލި ނުދެއްކިޔަސް އޭނާ ތިޔަތަން ދޫކޮށްލާ އެންމެ ފަހު ދުވަހު ވީގެއްލުމުގެ ބަދަލު ލިބޭނީ ބައި އެޅޭ ގޮތަށް ޖާބިރަށް.ބަލަން ތިބޭތި..