ރާއްޖޭގެ ކަނޑުއަޑީގެ މައުލޫމާތު ވިއްކައިގެން އިންޑިޔާއަށް ބޮޑު މާލީ މަންފާއެއް ލިބޭކަން ހާމަވެއްޖެ އެވެ. އިންޑިއާއާ އެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރޭ އެކޮމިޓީގަިއވަނީ އަސްކަރީ ޑޯނިއާ މަތިންދާބޯޓު އޮޮޕަރޭޓުކުރަން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުމާއި ހައިޑްރޯގްރަފީ ސާވޭގެ އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ހާމަކޮށްފަ އެވެ.
އެ ކޮމިޓީން ބޭއްވި ބައްދަލުވުމަށް އެމްއެންޑީއެފްގެ އިސް ވެރިން ވަނީ ޙާޒިރުވެފަ އެވެ. އެގޮތުން ހައިޑްރޮގްރަފީ އެއްބަސްވުމާ ގުޅޭގޮތުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރަސަތު ދެ ގައުމަށް ވެސް އެބައޮތެވެ. ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ. އެގޮތުން އިންޑިއާ އިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް %35 ކޮމިޝަން އަދި އިންޑިއާ އިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި %25 އެވެ.
މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ކުރިން ވެސް އެތައް ފަހަރަކު ދިފާއެއްގެ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކައެއް ތަކުރާރުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ ދެ އެއްބަސްވުމަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2016ގައި ރާއްޖެ އާއި އިންޑިއާ އިން އެކުލަވާލި އެކްޝަން ޕްލޭންގެ ދަށުން ހެދި އެއްބަސްވުންތަކެއް ކަމަށެވެ.
މިމައުލޫމާތުތަކާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރުވަނީ މިއެއްބަސްވުމުން އިންޑިޔާއަށް މިހާބޮޑު މާލީ މަންފާއެއް ލިބޭތީކަންބޮޑުވުން ފާޅުކުރައްވާ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.
"އެ މަސައްކަތުން ދިވެހި ދައުލަތަށް ފައިސާ ލިބޭ ވާހަކަ އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަންގައި ފާހަގަ ކުރުމުން އަޅުގަނޑަށް އުނދަގޫވޭ. އެއީ ކީއްވެގެން ކުރާ ކަމެއްތޯ؟ ސްޓްރެޓެޖިކް މައުލޫމާތުތައް ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމުގެ ސިޔާސަތެއް މިހާރު ބައްޓަން ކުރީތޯ،" ޣައްސާން ސުވާލު ކުރެއްވި އެވެ.
އެސުވާލުގެ ޖަވާބުގައިވެސް ވިދާޅުވެފައިވަނީ އާއްމުކޮށް އެބޭފުޅުން މިކަންކަމުން ރެކެން ވިދާޅުވާގޮތަށް އެއީ ކުރިއްސުރެ ކުރަމުން އަންނަ ކަމަކަށްވާތީ އެގޮތަށް އެކަންކުރަން އެއްބަސްވީކަމުގަ އެވެ.
ހައިޑްރޮގްރަޕީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް، އިންޓަނޭޝަނަލް ހައިޑްރޯގްރަފީ ސްޓޭންޑަޑަށް ޗާޓު ހެދުން މުހިންމު ބަނދަރުތަކުގެ ބޮޑެތި ޗާޓުތައް ހެދުމަށް އިންޑިޔާއަށް ހުއްދަ ލިބެ އެވެ. ހައިޑްރޯގްރަފީ ދާއިރާ އިން ދިވެހިން ތަމްރީނުކުރުން އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީއަށް ހާއްސަ އޮފީހަކާއި ވަސީލަތްތައް ގާއިމްކުރުން އެމްއޯޔޫގެ ދަށުން ކުރާ ކަންކަމަށް އެއްބަސްވާނީ ދެ ގައުމުގެ ވެސް ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ގޮތަށް ކަމަށް އެއްބަސްވުމުގައިވެ އެވެ. އަދި ސާވޭތަކުގެ ޑޭޓާ ބޭނުންކޮށްގެން ރާއްޖޭގެ ހައިޑްރޯގްރަފީ ޗާޓުތައް އުފެއްދުމުގެ ހުއްދަ އިންޑިއާއަށް ލިބޭ އެމްއޯޔޫގައި ހުރި ކަންކަން ތަންފީޒު ކުރަނީ ދެ ގައުމު ބައިވެރިވެގެން ހަދާ ޖޮއިންޓް ކޮމިޓީއަކުންކަމަށް ވެސް ބުނެފައިވެ އެވެ.
އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރެވެ. އެ މުއްދަތު ހަމަވުމުގެ ހަ މަސް ކުރިން، ދެ ގައުމުން ކުރެ ގައުމަކުން އެއްބަސްވުން ބާތިލުކުރަން ބޭނުން ނުވާ ނަމަ އަނެއްކާ ވެސް އިތުރު ފަސް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުވާނެ ކަމަށްވެސް އެއްބަސްވުމުގައިވެ އެވެ.
އިންޑިޔާއާއެކު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ ރާއްޖޭގެ މިފަދަ ކަންކަން ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށާއި މިފަދަ މައުލޫމާތުތައް ބޭރުގައުމަކަށް ދިނުމަކީ ގޯހެއް ކަމަށެވެ.
ﷲ ދިވެހި ރާއްޖޭގައި ލައްވާފައިވާ ސެކިއުރިޓީ ސިއްރުތައް ބޭރުމީހުނާއި ހިއްސާ ކުރުމަކީ ދައުލަތުގެ ސިއްރުތައް ބޭރުމީހުނަށް ދިނުން !
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް