ނޫސްތަކުން އަބަދު އޭނާގެ އެއް ފޮޓޯއެއް ބޭނުންކުރާތީ ތަފާތު ފޮޓޯތައް ބޭނުންކުރުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެދިވަޑައިގެންފި އެވެ.
އިކްރާމް މިއަދު ނޫސްތައް ޓެގްކުރައްވާ ވިދާޅުވީ އޭނާގެ އެއްފޮޓޯ އަބަދު ނޫސްތަކުން ބޭނުން ކުރާ ކަމަށާއި އިތުރު ފޮޓޯތައް ބޭނުން ނަމަ ޓްވިޓަރ އަށް ޑައިރެކްޓް މެސެޖް ފޮނުވުމަށެވެ.
އިކްރާމްއަކީ ރައްޔިތުންގެ މަޖިލީހުގައި އެހާ ޕޮޕިއުލަރ އެމްޕީއެއް ނޫނެވެ. ނަމަވެސް އޭނާގެ ހަބަރުތައް ނޫސްތަކުން ކަވަރު ކުރަނީ މެމްބަރެއްގެ ގޮތުގައި ހުރެ ކުރަން ނުޖެހޭ ކަންތައްތަކާއި ދައްކަން ނުޖެހޭ ވާހަކަތައް ދައްކާތީ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ލޮކްޑައުންގައި ތިއްބާ އިކްރާމްވަނީ އޭނާ ގެ ކޮވިޑް ޓެސްޓްކުރުމަށް ސާމްޕަލްނެގި ނަރުހަކު މާބާރަށް ކަފަބުރު ކޮށްފާލީކަމަށް ބުނެ އަންހެން ނަރުހެއްގައިގައި ޖަހާފައެވެ. އޭގެ ފަހުންވެސް އެކި އެކި ކަންކަމުގައި އެމްޑީޕީގެ ސިޔާސަތު ތަކާ ނުގުޅޭ ވާހަކަތައް ދައްކަވައެވެ. އެގޮތުން އިކްރާމްއަކީ މަޖިލީހުގެ މެމްބަރުންނަށް "އިއްޒަތް" ނުލިބޭ ކަމަށް ވިދާޅުވެ އަބަދު އެކަމާ ޝަކުވާ ކުރައްވާ ބޭފުޅެކެވެ. އަދި މާލޭ ސިޓީ ކައުންސިލްއަކީ އުވާލަން ޖެހޭ ތަނެއް ކަމަށް ވިދާޅުވެ ޓުވީޓު ކުރެއްވުމުން އެމްޑީޕީގެ މެމްބަރުންވަނީ އެވާހަކައާ ދެކޮޅަށް އިކްރާމްއަށް ރައްދު ދީފަ އެވެ.
މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވުމަށް މިއަދު އިތުރު ޖަލްސާއެއް
މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުން މާދަމާއަށް
ސަލްމާންގެ "މާތުރުބޫމީ": "ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެއް"
ނޫސް ތަކުން މީނާ ބޮއިކޮޓް ކުރޭ