މާލޭގެ މިސްކިތަކަށް ވަދެ މިސްކިތުގެ ހުރުމަތް ކެނޑި މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ ފުވައްމުލަކު މީހެއް ކަމަށްވާ އިބްރާހީމް އަހުމަދު 39، އެވެ.

އޭނާ ވަނީ މިސްކިތަށް ވަދެ މިސްކިތުގެ ފަންކާއެއްގައި އެއްޗެހި ހިއްކަން އަޅަން މަސައްކަތް ކޮށްފަ އެވެ. މިކަމަށް އޭނާ ކޯޓުގައި އެއްބަސްވެފައިވާއިރު، މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފަ އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދު އިތުރުކުރީ އޭނާގެ އަމަލުތައް، މުޖުތަމައުއަށް ކަންބޮޑުވުން އޮތް ކަމަކަށްވުމާއެކު، މިސްކިތުގެ ހުރުމަތް ކެނޑޭ އަމަލަކަށްވުމާ ގުޅިގެންނެވެ.

މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް މުޖުތަމައުތެރޭގައި އާންމުވަމުންދާއިރު، މިސްކިތައް ވަދެ ނިދުމާއި ހުރުމަތް ކެނޑޭފަދަ އެހެނިހެން ކަންކަން އިތުރުވަމުންދާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި މާލޭގެ ހުރިހާ މިސްކިތްތަކެއްގައި ސީސިޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރިއަށް ގެންދަމުންނެވެ.