2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލުމުގައި ފުލުހުން ވެސް ބައިވެރިވެފައިވާ ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ފުލުހުންގެ ރިޕޯޓް އާންމުވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ އެ ރިޕޯޓް ލީކުވިތާ 24 ގަޑިއިރު ވީއިރު ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނުމަކީ އެއީ ހަގީގީ ރިޕޯޓެއް ކަން ހާމަވާ ކަމެއް ކަމަށެވެ.
މިއަދާ ހަމަޔަށް އައިއިރު އިންތިހާބު އޮޅުވާލި ކަމަށް ސާބިތުވާ ރިޕޯޓް ފުލުހުންގެ ތެރޭގައި ސިއްރުކޮށްފައި އޮތުމުން އެކަމުގައި ފުލުހުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ރިޕޯޓުން އިންތިހާބު އޮޅުވާލާފައިވާކަން ވަރަށް ސާފުކޮށް އެނގޭކަމަށެވެ. މިއިންތިޚާބު އޮޅުވާލައި މިއަދު ރައްޔިތުންނަށް ކުރިމަތިވާ ހިއްދަތިކަމުގެ ޒިންމާ އޭރުގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ނަގަން ޖެހޭކަމަށް އަދުރޭ ވިދާޅުވި އެވެ.
"މި ރިޕޯޓް ސައްހަ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ މައިގަނޑު ސަބަބަކީ މި ރިޕޯޓް ލީކުވިތާ 24 ގަޑިއިރަށް ވުރެ ގިނައިރު ވެގެން ހިނގައްޖެ. މިއީ ޕޮލިހުންގެ ރިޕޯޓެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅެއް ނުވޭ. ވިދާޅުނުވެ އޮތުން މިއީ ސައްހަ ރިޕޯޓެއްކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެއް ސަބަބު،" އަދުރޭ ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫންކަން ފާހަގަ ކުރައްވަމުން އަދުރޭ ވިދާޅުވީ އެ އިންތިހާބު އޮޅުވާލަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކާއި އިންޑިޔާގެ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.
ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް ހައްޔަރު ކުރުމަށް ވެސް އަދުރޭ ގޮވާލެއްވި އެވެ.
ފުލުހުންގެ ތަހުގީގު ރިޕޯޓެއް ކަމަށް ބުނާ ލިޔުމުގައިވާ ގޮތުން އިންތިހާބު ކުރިޔަށް ދިޔަ ވަގުތާއި ވޯޓު ގުނުމާއި އޭގެ ފަހުން ވެސް އިންތިހާބުތަކާ ބެހޭ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެތައް ކަމެއް ހިނގި އެވެ. ޖުމުލަ 54 ނުކުތާ ފާހަގަކޮށްފައިވާ އެ ރިޕޯޓުގައި އީސީން އޮބްޒާވަރުންނަށް ބިރު ދެއްކުމާއި، ބައެއް ފޮށިތަކުގައި ވޯޓު ކަރުދާސް އިތުރުވުމާއި، އެކަކު ލައްވާ ދެ ފަހަރަށް ވޯޓުލި މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަލުން ވާހަކަދައްކަން ފަށާފައި މިވަނީ އިންތިހާބު އޮޅުވާލައި، ވަގަށް ނަގާފައިވާ ކަން އެނގޭފަދަ އެތައް ކަމެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް އިއްޔެގެ ވަގުތެއްގައި އާންމުވެގެން ދިއުމާ ގުޅިގެންނެވެ. އެކަމަކު އެ ރިޕޯޓަކީ ސައްހަ ލިޔުންތަކެއް ހިމެނޭ ރިޕޯޓެއް ކަމަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ބުނެފައެއް ނުވެ އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކީ އެއީ އޮޅުވާލާފައިވާ ނަތީޖާ އެކޭ ދެން އެއިރު ޗީފް އޮފް ޑިފެންސް ފޯރސް ނުޖެހޭ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ތެރެއަށް ވަދެ ނޫހަށް ބަޔާން ތައް ދޭން ސަބަބަކީ އެއީ ސިފައިންނާއި ބެހޭ ކަމަކަށް ނުވާތީއޭ އެކަަމަކު އޭރު ޗީފް އޮފް ޑިފެންސް ފޯރސް މީގެ ތެރެއަށް ވަނީ ސީދާ ކޮރަޕްޝަން އާއި ފަސާދައިގެ ދަށުން ކަމަށް މަމެން ތުހުމަތު ކުރަމޭ އަދި އެއިރު ޕޮލިސް ކަމިޝަނަރަކަށް ތިބި މީހުން ވެސް ވަނީ ރިޝްވަތުގައި ޖެހިފައި ކަމަށް މަމެން ތުހުމަތު ކުރަމޭ އެކަން އަލުން ތަހްގީގް ކުރަން
އީސީ ޝަރީފް ޕާރސްޕޯރޓް ހިފަހައްޓާ އޭނާ ހައްޔަރުކުރޭ އޭނާ ވަނީ ރައްޔިތުންލީ ވޯޓް ތައް އަންދާލާފައޭ އޭނާ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ
ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ އަދި ހުދުޖަނގިޔަލޭ ހައްޔަރުކުރޭ ހިބަރު ވަދޭ
އިލެކްޝަންސް ކަމިޝަނުން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ސީދާ ވޯޓްގައި މަކަރާއި ހީލަތް ހަދާފައޭ އެކަން ބަލަންވާ ވަރަށް ނުބަލާ އެއިރު އެންމެ މަތީ ކޯޓުން ވެސް ހުކުމް ނެރުނީ އެއިރު އެންމެ މަތީ ކޯޓުން ވެސް ބެލީ އިންސާފު އެއްކިބާ ކޮށް ވަކިފަރާތަކަށް ނަޖާއިޒު ގޮތުގައި ފައިދާ ލިބޭ ގޮތަށް ކަން ކުރުމަށޭ ސްޕްރީމް ކޯޓުން ހުކުމް ކުރާ ގޮތް އިހަށް ދުވަހު އެފެނުނީ ރައީސް ޔާމީން މިނިވަން ކުރި ހުކުމް އެއީ ހުކުމް ކުރަން ޖެހޭނެ ގޮތަކީ ކުރީގައި ކުރި ހުކުމް ގޯހޭ އެއީ ހުދުޖަނގިޔާ ހުކުމޭ ސްޕްރީމް ކޯޓުން