ބޮލީވުޑަށް ވިދާލި މަޝްހޫރު ނޯރާ ފަތެހީގެ ލަވަ ތަކަކީ އެންމެން ކަހަލަ ގޮތަކަށް ލޯބިކުރާ ލަވަތަކެކެވެ.

އޭނާގެ ރީތިކަމާއި މޮޅު ނެށުންތަކުން އޭނާ ކުޅޭ ކޮންމެ ލަވައެއް ވެސް އޭގެ އެންމެ ފުރިިހަމަ ކަމަށް ވާސިލްކޮށްދެ އެވެ.

އެހެންނަމަވެސް ނޯރާ އެންމެ ފަހުން ކުޅުނު ލަވައެއްކަމަށްވާ "ކުސޫ ކުސޫ" އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ސަބަބަކީ މިފަހަރު އޭނާ ކުޅުނު ލަވަ އަކީ އަރަބި މަދަހައެއްގެ އިންސްޓްރުމެންޓްސް ތަކާއި ރާގު ކޮޕީކޮށްގެން ހެދި ލަވައަކަށް ވުމުންނެވެ.

ލަވަ ކޮޕީ ކޮށްފައިވާ އަރަބި މަދަހަ އަކީވެސް ގިނަ ބައެއްގެ މަގުބޫލުކަން ލިބި މުޅި ދުނިޔޭގައި ވެސް މަޝްހޫރުކަން ލިބިފައިވާ މަދަހަ އެކެވެ.

މިކަމުގައި އާންމުން ނޯރާ ވެސް ކުށްވެރިކުރާ ސަބަބެއްގެ ގޮތުން ފާހަގަކުރަނީ، މަޣުރިބަށް ނިސްބަތްވާ މުސްލިމް އާއިލާއަކުން ނޯރާ ބޮޑުކުރާއިރު، އޭނާ އަށް މި މަދަހަ ނޭނގި ނުހުންނާނެ ކަމަށް ބުނެފަ އެވެ.

މިކަމަށް އޭނާގެ އެއްވެސް ރައްދެއް ނުލިބޭއިރު، ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި މަދަހަ ކޮޕީކޮށްގެން ހެދި ލަވައެއްކަން ހާމަކޮށްދީ ވީޑިއޯތައް އާންމުކުރަމުންނެވެ.

https://www.youtube.com/watch?v=UMakd5MhMt8