މައްސަރު ދުވަސްވަރަކީ ކަސްރަތު ނުކުރުމަށް އޮންނަ އެކްސްކިއުޒެއް ނޫން ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސާރާ އަލީ ޚާން ބުނެފި އެވެ.

ބޮލީވުޑްގައި މިފަހުން އެންމެ ވިދާލި ފަންނާނުންގެ ތެރޭގައި ހިމެނޭ ސާރާ އަކީ، ސިއްހަތަށާއި، ދުޅަހެޔޮކަމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ފަންނާނެކެވެ.

އެހެން އަންހެނުންނެކޭ ވެސް އެއްފަދައިން ސާރާއަށް ވެސް މައްސަރު ކަންތައް ދިމާވުމުން، ޖިމަށް ދާހިތް ކެނޑި ބަނޑުގައި ރިއްސައި، ވަރުބަލިކަން އިހުސާސްވާ ކަމަށާއި، އޭގެ ސަބަބުން، ގޭގައި އެއްވެސް ކަމެއް ނުކޮށް އޮންނަން ހިތަށްއަރާ ކަމަށް އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް މައްސަރު ދުވަސްތައް އައުމުން ވެސް ސާރާ ހިތްވަރުކޮށްލައި ވޯކްއައުޓް ކުރަންދާ ކަމަށާއި، ޖިމަށް ގޮސް އޭނާ ކުރާ ހުރިހާ ކަސްރަތެއް ކުރަން ގަދަ ބާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިއްޔެގެ ވަގުތެއްގައި އިންސްޓަގްރާމްގައި ސާރާ ވީޑިއޯއެއް ޕޯސްޓުކޮށްފައިވާއިރު، އެ ވީޑިއޯ ޕޯސްޓުގައި އޭނާ އެކި ކަސްރަތުތައް ކުރާ މަންޒަރު ވަނީ ފޭނުންނަށް ދައްކާލާފަ އެވެ.

https://www.instagram.com/p/CXbAu9_IA7t/