ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ކައުބަތުﷲ ގެފުޅުގައިވާ ހަޖަރުލް އަސްވަދުގައި އަތްލުމުގެ ތަޖުރިބާ ކުރެވޭނެ އީޖާދެއް ސައޫދީ އަރަބިއާއިން ތައާރަފް ކޮށްފި އެވެ.
މަސްޖިދުލް ނަބަވީގައި ބޭއްވި ހަފްލާއެއްގައި މި ޓެކްނޮލޮޖީ ތައާރަފް ކޮށްދިނީ ދެ ހަރަމާ ބެހޭ އިދާރާގެ ރައީސް ޝައިޚް އަބްދުލްރަހްމާން ބިން އަބްދުލް އަޒީޒް އަލް ސުދައިސް އެވެ.
"ދަ ބްލެކް ސްޓޯން އިނީޝިއޭޓިވް"އަކީ ސައޫދީ އަރަބިއާގެ އެޖެންސީ ފޯ އެގްޒިބިޝަންސް އެންޑް މިއުޒިއަމްސްއާއި ޔުނިވާސިޓީ އޮފް އުއްމު އަލްގުރާގެ ދަށުން ހިންގާ އިންސްޓިޓިއުޓް ފޯ ހައްޖު އެންޑް އުމްރާ ރިސާޗްއާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓް އެކެވެ.
މި އިނީޝިއޭޓިވްގެ ދަށުން ވާޗުއްލް ރިއަލިޓީ ޓެކްނޮލޮޖީ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ހަޖަރުލް އަސްވަދުގައި އަތްލުމުގެ އިހުސާސް ކުރެވޭނެ އެވެ.
މިދިޔަ މެއި މަހު ސައޫދީ އަރަބިއާއިން ވަނީ މީގެ ކުރިން ފެނިފައި ނުވާ ހަޖަރުލް އަސްވަދުގެ ފޮޓޯތަކެއް އާއްމު ކޮށްފަ އެވެ. މިފޮޓޯތަކުގައި ހިލަކޮޅުގެ އެތެރެ ވަރަށް ސާފުކޮށް ފެނެ އެވެ.
ހަޖަރުލް އަސްވަދުގެ ހިލަކޮޅަކީ ސުވަރުގެއިން ދުނިޔެއަށް ބާއްވާލައްވައި ޖިބްރީލުގެފާނު ކީރިތި ރަސޫލާއަށް އެރުއްވި ހިލަކޮޅެއް ކަމަށް އައިސްފައިވެ އެވެ.
ހަޖަރުލް އަސްވަދު މިހާރު ބެހެއްޓިފައިވަނީ ޚާލިސް ރިހީގެ ކަވަރަކުން ރައްކާ ކުރެވި ކައުބަތުﷲ ގެފުޅުގެ އިރުމަތީ ކަނުގައި ބިމަށްވުރެ ދޮޅު މީޓަރު އުހުގަ އެވެ.
މިއަދު ބާއްވަން ނިންމި މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި
މުންޑޫގައި މީހަކު މަރާލި މީހާއަށް ހައިކޯޓުން ވެސް މަރުގެ އަދަބު
ލުބުނާނުގައި އިޒްރޭލު ސިފައިިން ތިބުމާ އެމެރިކާއިން ދެކޮޅު