މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާންމުކުރި ސެލްފީއެއް ނެގީ ދަރިފުޅު ވާމިކާ އާއެކު ކަމަށް ހީކޮށް ފޭނުންގެ ގިނަ ބަޔަކަށް އޮޅުން އަރައިފި އެވެ.
އަނުޝްކާ އާއި ވިރާޓް، އެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅުކަމަށްވާ ވާމިކާގެ އެއްވެސް މައުލޫމާތެއް ނުވަތަ މޫނު ހާމަވާ ފޮޓޯއެއް މީޑިއާއަކަށް ހިއްސާއެއް ނުކުރެ އެވެ.
މި ސަބަބާ ގުޅިގެން ދާދި ފަހުން ވިރާޓް ކުޑަ ކުއްޖަކާއެކު ނެގި ސެލްފީ ވެގެންދިޔައީ ގިނަ ބަޔަކަށް އޮޅުންއެރި ފޮޓޯއަކަށެވެ. ގިނަ މީހުން ހީކުރީ ވިރާޓް ދައްކާލީ އޭނާގެ ދަރިފުޅާއެކު ނެގި ފޮޓޯއެއް ކަމަށެވެ. އަދި އެ ފޮޓޯ ހިއްސާކުރުމާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެ ކުއްޖާއަށް ވާމިކާގެ ނަމުން ގޮވައި ތައުރީފުކޮށްފަ އެވެ.
ވިރާޓް ހިއްސާކުރި އެ ފޮޓޯއިން އޭނާ ކުޑަ ކުއްޖަކު އުރާލައިގެން ހުންނަ މަންޒަރު ފެނެ އެވެ. ފޮޓޯ އިން ފެންނަ ކުއްޖާއަކީ ވަރަށް ދުވަސްވީ ފޮޓޯއެއް ކަމަށާއި އެއީ ހަރްބަޖަންގު ސިންގު ގީއްތާ ބަސްރާގެ އަންހެން ދަރިފުޅުކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެއާއެކު އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅުގެ މޫނު ހާމަވާ ފޮޓޯއެއް ފެންނާނެ ދުވަހަކަށް ފޭނުން ދަނީ އިންތިޒާރު ކުރަމުންނެވެ.