ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ޜާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރައްވާގޮތަށް ނިންމަވައިފި އެވެ. އެކަމަނާ ރާއްޖެ ވަޑަައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވާ ބުދަ ދުވަހު އެވެ.
ބޮޑުވަޒީރު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ މެދު ގޮތެއް ނިންމަން މާދަމާ ދައުރުން ބޭރުގައި ބާއްވާ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ. މިއީ އޭސީސީގެ މެމްބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް އެޖެންޑާކޮށްފައިވާ ޖަލްސާއެކެވެ.
ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް މަޖިލީހުގައި ދެ ވެރިއަކު ވަނީ ތަގްރީރު ކުރައްވާފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މަންމޯހަން ސިންހް އާއި މި ވެރިކަމުގައި އިންޑިޔާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

ރޯދައިގެ ސުވާލާއި ޖަވާބު: އިންސިއުލިން ޖެހުމުން ރޯދަ ގެއްލޭނެތަ؟
ޝެއިޙު ފަރީފުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި
ރޯދަ ވީއްލުމަށްފަހު މާ ގިނައިން ކެވޭނަމަ މިކަންކަން ކޮށްލާ!