ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއަން އެގްޒިމް ބޭންކުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އެ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހެ އެވެ.
މިހާރު ހަމައެކަނި ކުދި ބޯޓުތައް ޖެއްސޭ ގޮތަށް ހަދާފައިވާ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނެއްގައި ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.
މިމަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ހެދުމަށް ވެސް ނިންމާފައިވެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެމަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުތަކަށް އެތަނަށް ޖެއްސޭނެ ކަމަށެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ.
އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް އިންޑިއާ ލޯން އައުޓް އިންޑިއާ އައުޓް
އިންޑިޔާ އެކްޒިމް ބޭންކުން ލޯނު ދޭތީ އެމީހުންނަށް ފެންނަ އިންޑިޔާ ކުންފުންޏަކަށް ދިނީމާ ވާގޮތް ބަލަންތިބެމާ. ތި ކަމެއްނުވާނެ. ތީ ހަމަ ހުވަފެން ދައްކަނީ. އަދި 2023 ކައިރިވާ ވަރަކަށް ތިކަހަލަ ކިތަންމެ އެއަރޕޯރޓެއް އަންނާނެ. ތީ ހަމަ އައްޑޫ ގަމު އެއަރޕޯރޓަށް ވެސް ދިމާވި ދަތުުރު. އެތައް މިލިއަނެއް އެތަނެއް އިންވެސްޓް ކޮށްފި. އެކަމަކު ފްލައިޓެއް އަންނަނީ ދަމަކުން ބަޑިއެއްޖަހާހެނެ. މިހާރު އަނެއްކާވެސް އެތަން އަޕްގްރޭޑް ކުރަނީޔޯ. އެތަައް މިލިއަނެއް ހޭދަކުރަންށޯ އުޅެނީ. ހުސް ފުލޯކް.