މަސްވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ދަށުން ކ. ގުރައިދޫ އިން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް އަތުލައިފި އެވެ.
ފުލުހުން ބުނީ މި ބިޔަރު ދަޅުތައް ހޯދާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ފުލުހުން ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މި އޮޕަރޭޝަނުގެ ދަށުން އެރަށުގެ ހުސް ބިމެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގޯނިތަކެއްގައި ފޮރުވާފައި ހުރި 177 ބިޔަރު ދަޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަަލައި ތަހުގީގުކުރަމުން ގެންދާކަމަށެވެ.
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ވޭޕް ކުރުމަކީ ވަކި ރަނގަޅު ކަމެއް ނޫން!
ޓްރަމްޕްގެ ޝަރުތުތައް ފުރިހަމަނުވުމުން އެއްބަސްވުމަކަށް ނާދެވުނު
