ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފުން)ން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި ޒުވާނަކު ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނާގޮތުގައި ގެއްލިގެން ހޯދަނީ އުމުރުން 21 އަހަރުގެ ދިވެއްސެކެވެ. އަދި އޭނާ ގެއްލުނުކަމުގެ ރިޕޯޓު ކޮށްފައި ވަނީ މިއަދު 8:58 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދާ ޒުވާނާ އެންމެ ފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި، ކަޅުކުލައިގެ ސޯޓެއް ކަމަށެވެ.