ކިމް ކާޑޭޝިއަން އާއި ޕީޓް ޑޭވިޑްސަން ލޯބީގެ ގޮތުން ގުޅުނުކަން މިހާރު ގިނަ ބަޔަކަށް އެނގެ އެވެ.

ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ކިމް އާއި އޭނާގެ ލޯބިވެރިޔާ ޕީޓް އެންމެ ފުރަތަމަ ދިމާވީ، ކިމް ހޯސްޓުކުރި ލައިވްއަކުންނެވެ. އަދި އެއަށްފަހު އެދެ މީހުންގެ ގުޅުން އިތުރަށް ދިޔައީ ބަދަހިވަމުންނެވެ.

އޭގެ ފަހުން ޕީޓްގެ އުފަންދުވަސް ވެސް ފާހަގަކޮށްފައި ވަނީ ކިމްގެ މަންމަގެ ގެއެއް ކަމަށްވާ ޕާމް ސްޕްރިންގްސްގަ އެވެ.

ހަމަ އެހެންމެ ކިމް އާއި ޕީޓް ވެސް އެކަކު އަނެކަކީ ލޯބިވެރިން ކަމަށް މީޑިޔާތަކަށް ވަނީ މައުލޫމާތުދީފަ އެވެ.

އެހެން ނަމަވެސް ކިމްގެ ސަޕޯޓަރުން ބުނާގޮތުގައި ކިމް އާއި އޭނާގެ އައު ލޯބިވެރިޔާ ޕީޓް އާ ދެމީހުން އެއްގޮތަކަށް ވެސް ނުގުޅެ އެވެ. އަދި ޕީޓް ވެސް ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކިމް ކާޑޭޝިއަން އާ ކަަން އަދިވެސް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ.

ކިމް އާއި ޕީޓް ލޯބީގެ ގޮތުން ގުޅުނީ ކިމްގެ ފިރިމީހާ ކާންޔޭ ވެސްޓް، އޭނާއަށް ބޭވަފާތެރިވުމާއި ގުޅިގެން އޭނާ އާއި ވަރިވެ ގުޅުން ކަނޑާލާފައި ވަނިކޮށްށެވެ. ހަބަރުތައް ބުނާގޮތުން، ކިމް އިތުރަށް ދެން ކާންޔޭ އާއި ގުޅެން ބޭނުން ނުވާކަމަށް އޭނާ ބުނެފައިވެ އެވެ.