އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވިކަމުގެ ހަބަރުތަކެއް ފެތުރިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ރާނީ އެލިޒަބަތުގެ އެއްވެސް ހަބަރެއް ވެފައެއް ނެތެވެ. އަދި އޮކްޓޫބަރު މަހު ރާނީގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން އެނދުމަތިކޮށްގެން ފަރުވާދިން ކަމަށް ހަބަރު ލިބެ އެވެ.

އިނގިރޭސި ވިލާތުގެ ނޫސްތަކުން ބުނާގޮތުގައި އެކި ސަބަބުތަކާ ގުޅިގެން ރާނީ އަވަހާރަވިކަމުގެ ހަބަރު ސިއްރުކުރުމަކީ ގާތް ކަމެކެވެ. އަދި އެއްބައެއްގެ ތިއަރީން ބުނާގޮތުގައި އުމުރުން 95 އަހަރުގެ ރާނީ ވަނީ މިހާރު ވެސް އަވަހާރަވެފަ އެވެ.

މިގޮތުން އެކަން ގިނަ ބަޔަކަށް ގަބޫލުކުރެވޭ ސަބަބެއްގެ ގޮތުން އާންމުން ފާހަގަކުރަނީ، ރާނީ އެލިޒަބަތު އެއްގޮތަކަށް ވެސް އާންމުންގެ ލޮލަށް ނުފެނުމެވެ. މިކަމުގެ ޝަކުވާތައް ކުރާއިރު ވެސް، ރާނީގެ އެއްވެސް ހިލަމެއް ވެފަ އެއް ނުވެ އެވެ. އަދި ރާނީއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން އާންމުންނަށް ކަށަވަރުކޮށްދީފައެއް ވެސް ނުވެ އެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް އުފަންވީ 21 އޭޕްރިލް 1926 ގައި އެވެ. އަދި މިއަހަރާއި އެކު އިނގިރޭސިވިލާތުގެ ރާނީކަމުގެ މަގާމު އެލިޒަބަތް އަދާކުރައްވާތާ 70 އަހަރު ހަމަވާނެ އެވެ.