އަލަށް އާބާދުވަމުން އަންނަ ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކެއްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާން ރޯވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ޓަވަރު 13 އަދި 14 ކުރިމަތީ ޖަމާކޮށްފައި ހުރި ކުނިތަކުގަ އެވެ. އަދި ރޭގެ 2:10 ހާއިރު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، އަލިފާން ރޯވީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި އެތަންތަނުގައި ރޯވަނީ ސިނގިރޭޓް ފިލްޓަރު ނިއްވާ ނުލައި އެއްލާލާތީ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

ހިޔާ ފްލެޓުތަކުގައި ކުނި ނެގޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނުވުމާއެކު، އާންމުން ދަނީ އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ކުނި އަޅަމުންނެވެ.