ސ. ހިތަދޫގައި ގޭދޮށު މަސްފެކްޓްރީ އަޅަން އަނެއްކާ ވެސް އެހެން ބަޔަކާ ހަވާލުކޮށްފި އެވެ.
ގޭދޮށު މަސްފެކްޓްރީ އަޅަން އެހެން ބަޔަކާ ހަވާލުކުރީ ކުރިން ހަވާލުކުރި ކުންފުންޏަށް އެކަން ނުވުމުންނެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ ކުރީގެ ކައުންސިލުން އެ މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެ އެއްބަސްވުން ބާތިލުކޮށް އާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް މިފަހަރު ހަވާލުކުރީ ސީބޮޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މަސްފެކްޓްރީގެ ސަބަބުން އާ ވަޒީފާތައް ވެސް އުފެދޭނެ ކަމަށާއި މަސް އެކްސްޕޯޓު ކުރުންފަދަ ކަންކަން ކުރުމަށްވެސް ފުރުސަތު ލިބޭނެ، ކަމަށް ނިޒާރު ވިދާޅުވި އެވެ.
ގޭދޮށު މަސް ފެކްޓްރީ ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް މިހާތަނަށް އެއްވެސް ރަށެއްގައި މިފަދަ ފެކްޓްރީއެއް ގާއިމްކުރެވިފައި ނުވެ އެވެ.
ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި
ގެސްޓްހައުސް އާއި ގެސްޓްރޫމް ފައިނޭންސިން ތައާރަފްކޮށްފި
ރިފަންޑް ނުދިނުމުން، 16،000 ޑޮލަރު ދައްކަން ހުކުމެއް
ނިޒާރު މެންންކަށް ނުވާނެއޭ. 6 މަސްކޮށްފަ އުވާލާ އެހެންބަޔަކަށް