ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 59 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އެ ނަތީޖާ އައީ 1،318 ސާމްޕަލް ޓެސްޓު ކުރުމުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 30 ބިދޭސީން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 33 މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11،796 އަށް އަރާފަ އެވެ. އޭގެތެރެއިން 10،962 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. މިއަދު 46 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. ކޮވިޑްގެއެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 776 އެވެ. އަދި މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 38 އެވެ.