ބޮލީވުޑްގެ ލަވަތައް ކުޅެދީ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ، ޑެނިއަލް ވެބާ، ދަރިން ހޯދީ ވަރަށް މަސައްކަތުންކަމަށް، ސަނީ ބުނެފި އެވެ.

ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވަނީ 2018 ވަނަ އަހަރު ސަރޮގެސީ މެދުވެރިކޮށް އެ ދެމީހުންގެ ދެދަރިން ކަމަށްވާ ނޯއާ އާއި އަޝާ ހޯދާފަ އެވެ. އަދި އެއަށްފަހު އޭނާ ވަނީ ނިޝާ ކިޔާ ކުއްޖަކު ވެސް އެޑޮޕްޓުކޮށްފަ އެވެ.

ސަނީ ބުނާގޮތުން އޭނާއަށް ފުރަތަމަ ލިބުނު ދެ ކުދިންނަކީ ވަރަށް މަސައްކަތުން ހޯދުނު ދެ ކުދިންނެވެ. އަދި އެދެ ކުދިން ލިބުނީ، ދަރިއަކު ހޯދުމަށް ސަނީ އާއި އޭނާގެ ފިރިމީހާ ސަރޮގެސީ ހަދަން އުޅެ އުންމީދު ދޫކޮށްލާފައިވަނިކޮށް ކަމަށް ވެސް ސަނީ ވަނީ ބުނެފަ އެވެ.

އިންޑިޔާގެ ނޫސްތަކަށް މައުލޫމާތުދެމުން ސަނީ ބުނީ، ނިޝާ ލިބުމުގެ ކުރިން ތިން ވަނަ ދަރިއަކު ހޯދުމަށް ވެސް އެދެމަފިރިން ސެރޮގެސީ ހަދަން އުޅުނު ކަމަށެވެ. ނަމަވެސް ތިންވަނަ ފަހަރަށް ސެރޮގެސީ ހެދެން ނެތުން ވެގެން ދިޔައީ ސަނީގެ ހިތް ކުދިކުދި ކޮށްލި ކަމަކަށް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެދޮރު ބަންދުވުމުން ދަރިއަކު އެޑޮޕްޓުކުރަން މަސައްކަތް ކުރަނިކޮށް ނިޝާ ލިބުނު ކަމަށް ވެސް ސަނީ ވަނީ ބުނެފަ އެވެ.

ސަނީގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ސެރޮގެސީ މެދުވެރިކޮށް ދަރިން ހޯދާފަ އެވެ. އޭގެ ތެރޭގައި ޝާހުރުކް ޚާންއާއި، ކަރަން ޖޯހަރާއި، ޝިޕްލާ ޝޭޓީގެ އިތުރުން އާމިރް ޚާން އާއި، ސޮހެއިލް ޚާން އާއި ފަރާ ޚާން ވެސް ހިމެނެ އެވެ.