ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު، ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، ސަމްލާނަކީ އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށް ވެސް އެތައް ބައެއްގެ ލޯތްބާއި ފާޑުކިޔުންތައް އަބަދުވެސް އަމާޒުވާ ފަންނާނެކެވެ.

މިފަދައިން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ ސަލްމާނު އެންމެ ފަހުން، ދަބަންގް ޓުއާއަށް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ ލަވައިގެ ރިހާސަލްކުރާ މަންޒަރުގެ ވީޑިއޯ ކްލިޕްއަކަށެވެ.

އެ ކްލިޕްގައި ސަލްމާނު ރިހާސަލްކުރަމުން ގެންދިޔަ ވަގުތު، ވަރަށް ބޮޑަށް ބަނޑު ފާހަގަވެގެންދިޔަ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭނާ އަށް މަލާމާތްކޮށްފަ އެވެ.

ސަލްމާނުގެ ފޭނުން ބުނާގޮތުގައި، ބޮޑީ ބިލްޑުކޮށް، ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ސިއްހަތަށް ބަލައިގެން އުޅޭ މީހެއްގެ އިތުރުން، އަބަދުވެސް ބަނޑުގައި ސިކްސްޕެކް އަރުވާފައި ހުންނަ ފަންނާނަކު ބޮޑު ބަނޑެއް ލާފައި ހުރުމުން އެ މީހުންނަށް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.

https://www.instagram.com/p/CYU3c1kooyb/

ނަމަވެސް ރިޔާދުގައި ސަލްމާނު ހުށަހަޅައިދިން ޝޯ ވެގެންދިޔައީ ކާމިޔާބަކަށްށެވެ. ޝޯގައި ސަލްމާނުގެ ލައިވް ހުށަހެޅުން ބަލައިލުމަށް އޭނާގެ 80،000 އަށް ވުރެ ގިނަ ފޭނުން ވަނީ ގޮސްފަ އެވެ.