އިންޑިޔާ އައުޓްގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ހަރަކާތުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ބަންދުގައި ތިބި މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާއިރު، ބަންދުކުރި މީހުންގެ ތެރޭގައި 11 މީހެއް ހިމެނެ އެވެ. އޭގެ ތެރޭގައި ނުވަ އަންހެނުންނާއި ދެ ފިރިހެނުން ހިމެނެ އެވެ.
ފުލުހުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކޮށްފައި ވަނީ، ފުލުހުންގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ތުހުމަތުގަ އެވެ.
އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާއި އެއްވުންތައް ކުރިއަށްދާއިރު ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންދެ އެވެ.
މި ކެމްޕެއިންގެ ދަށުން ސަރުކާރުން އިންޑިޔާ އެކު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭނެފަދަ ގޮތަށް ހަދަމުން ގެންދާ އެއްބަސްވުންތައް ބާތިލުކޮށް، ހާމަކުރުމަށް ވެސް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.
"ނާގިން 7"ގެ ގްރޭންޑް ފިނާލޭ އަންނަނީ!
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ހޮޅުދޫ އަތިރިމަތީ ކުޅުނު މޫސަ މޮޅު ކޯޗަކަށް!
