ޓްރާންސްޕޯޓް މިނިސްޓްރީންދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެ މިނިސްޓްރީގައި ކޯލް ސެންޓަރެއް ގާއިމުކޮށްފި އެވެ.

އެ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް، ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތްދޭން ފަށާފައިވަނީ އިއްޔެ އެެވެ.

އޭގެ އިތުރުން އެ މިނިސްޓްރީން ވަނީ މިނިސްޓްރީގެ ކޯލް ސެންޓަރަށް ގުޅުމަށް ހޮޓްލައިނެއް ވެސް ގާއިމުކޮށްފަ އެވެ. މިނިސްޓްރީން ގާއިމުކުރި ހޮޓްލައިން ނަމްބަރަކީ 1511 އެވެ.

މިނިސްޓްރީން ބުނިގޮތުގައި މި ހިދުމަތް ދޭނީ ރަސްމީ ބަންދު ދުވަސްތަކުގަ އެވެ. އަދި އެ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 2:00 އާއި ހަމައަށް ހިދުމަތް ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން، ބައެއް މައްސަލަތަކަށް ފިޔަވަޅު ނާޅާ މައްސަލަ ބޮޑުވެފައިވާއިރު، އެ މިނިސްޓްރީ އަށް އާންމުންގެ ގިނަ މައްސަލަތަކުގެ ޝަކުވާތައް ވެސް ކޮށްފައިވެ އެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައިވެ އެވެ.