ރ. ދުވާފަރު ކައިރިން ދަތުރުކުރި ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލުންވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަަގުތެއްގަ އެވެ.
މި އެކްސިޑެންޓުވި ލޯންޗަކީ ށ. ކަނޑިތީމުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެކެވެ.
ފުލުހުން ބުނީ ދުވާފަރުގެ ފަޅުތެރެއިން ދޯންޏަކާއި ލޯންޗެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު 9:36 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓާ ގުޅިގެން، އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް ޕީއެންސީއަށް ވަންނަން އަންގަނީ
ހުޅުމާލެއިން ނުއަގުގައި މީހަކަށް ބިމެއް ވިއްކި މައްސަލައެއް
ޔޫކޭއިން ބުނީ ޗާގޯސްއާ ރާއްޖެއާ ގުޅުމެއް ނެތްކަމަށް
