ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މީގެ ކުޑަ ދުވަސްކޮޅެއްކުރިން ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓްކުރުމުން ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާއްމުންގެ ތެރޭގައި މަބްރޫކް މަޝްހޫރު ވެގެންދިޔައީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އުފެއްދެވި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް އޭނާ ހަމަޖެއްސެވުމާއެކު އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި 160 ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން 111 ބައްދަލުވުމުގައި މަބްރޫކް ބައިވެރިވެވަޑައިގެން އެނޫސްވެރިންގެ ބައްދަލުވުންތައް މޮޑަރޭޓްކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެ އެވެ.
މަބްރޫކް ވަނީ ތައިލެންޑުގެ މީހަކާ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކައިވެނި ބައްލަވައިގެންފަ އެވެ. މަބްރޫކް ކައިވެނި ބައްލަވައި ގަތީ ރާއްޖެއިން ބޭރުގައިކަން ވެސް އެނގިފައިވެ އެވެ.
ސްޕޯޓްސް އެވޯޑް ހަފުލާ އަންނަ މަހު ބާއްވަނީ
ކުދި ކަންނެލި 20 ރުފިޔާއަށް މިފްކޯއިން ގަންނަން ފަށައިފި
16 ނޮމިނޭޝަންއާއެކު "ސިނާސް،އަށް އޮސްކާގެ ރެކޯޑެއް!