ހދ. ހިރިމަރަދޫ އަދި ސ. މަރަދޫގައި މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެކު ކަމަށެވެ. 500 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އަޅާ މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތަކީ 12.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ މިސްކިތެކެވެ. އަދި 320 ދުވަހުގެ ތެރޭގައި މި މިސްކިތް ހަދައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން މަރަދޫގައި އިމާރާތްކުރާ މިސްކިތް ހެދުމަށް ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެކު އެވެ. 300 މީހުންގެ ޖާގަ ހިމަނައިގެން އިމާރާތްކުރާ މި މިސްކިތަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ 8.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މަރަދޫ އަދި ހިރިމަރަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ދެ މިސްކިތަކީ، އެ ދެރަށުގައި ހުރި މިސްކިތުގެ ޖާގަ ކުޑަވުމުން އާ މިސްކިތެއް އެޅުމަށް ބޭނުންޖެހިފައިވުމާ ގުޅިގެން އިމާރާތްކުރާ ދެ މިސްކިތެއް ކަމަށެވެ. އަދި މިދެ މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެހެން ޖާގަ ހިމަނާލެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.