މޫދަށް އެރިގެން އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 61 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިޔާ މަރުވި ކަމުގެ ހަބަރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އޭގެ އިތުރުން ފަތުރުވެރިޔާ މަރުވީ ސަފާރީ އައިލޭންޑް ރިސޯޓުގެ މޫދަށް އެރެން އުޅުމުގެ ތެރޭގައި ކަމަށާއި، އޭނާ މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަކަން ފުލުހުންނަށް އަންގާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މިހާދިސާ ދިމާވީ ކިހިނެއްކަމެއް ނުވަތަ ފަތުރުވެރިޔާގެ އެހެނިހެން ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ތޫނުފިލި މީހުންގެ ބައެއް ސިފަތަކަށް ނަޒަރެއް!
އެމެރިކާ ބޭސްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އިރާނުން ދީފި
އަބޫދާބީ ފަންޑުން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނެއް ނަގަނީ
