އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ، ފެބްރުއަރީ ތިނެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަން ހަމަޖެހުމާއި ގުޅިގެންނެވެ.
މިގޮތުން ރައީސް، މަޖިލީހަށް ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުގެ ނަންބަރު 2019/4ގެ ދަށުން ވަނީ ކަނޑައަޅާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވާވާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ކަނޑައެޅެ އެވެ.
ރައީސް އިއްވަވާ ރިޔާސީ ބަޔާނުގައި، މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، މި ދައުރުގައި ކުރުމަށް ނިންމަވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާނެ އެވެ.
އަދަދު ނޫހުގެ ވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި
އާއިލާގެ ދުޅަހެޔޮ ކަމަށްޓަކައި ނިދި ވަރަށް މުހިއްމު!
ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނީ އަސާސެއް ނެތް އަމުރެއް: ޖަމީލް
