މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާގެ ދަރިފުޅު ވާމިކާގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އަނުޝްކާ ރުޅިގަދަވެއްޖެ އެވެ.

އަނުޝްކާ އާއި ވިރާޓް، އެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ކަމަށްވާ ވާމިކާގެ އެއްވެސް މައުލޫމާތެއް ނުވަތަ މޫނު ހާމަވާ ފޮޓޯއެއް މީޑިއާއަތަކަށް ހިއްސާނުކުރާއިރު، ދާދި ފަހުން އަނުޝްކާ ވާމިކާއާއެކު ސްޓޭޑިއަމެއްގެ ބެލްކަނީގައި ހުއްޓިގެން ހުރި ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

މި ސަބަބާ ގުޅިގެން ފޭނުން ދިޔައީ ސޯޝަލް މީޑިއާގައި ވިރާޓްގެ ކުޑައިރުގެ ފޮޓޯއަކާއި ވާމިކާގެ ފޮޓޯ އެޑިޓްކުރުމަށްފަހު އަޅާ ކިޔަމުންނެވެ. އޭގެ އިތުރުން ވާމިކާއަކީ އެހާމެ ލޯބި ކުއްޖެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

އެހެން ނަމަވެސް އަނުޝްކާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މެޗް ބަލަން ދިޔަ ސްޓޭޑިއަމްގައި ކެމެރާ ހަރުކޮށްފައި ހުރިކަމެއް އަނުޝްކާއަކަށް ނޭނގޭ ކަމަށެވެ. އަދި އެ ކެމެރާތަކުން ނަގާފައިވާ ފޮޓޯ އަދި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށް އަނުޝްކާ ވަނީ އެދިފަ އެވެ.

ވާމިކާގެ ބައެއް ފޮޓޯތައް މޫނު ނުފެންނަހެން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯތަކުގައި ވާމިކާއާއެކު އެ ދެމަފިިރިން ފެންނައިރު، ވާމިކާގެ މޫނު ނުފެންނަ ފޮޓޯތައް އެކަނި ފެނި ވެސް ފޭނުންގެ ހިތްތައް ވަނީ ފުރާލާފަ އެވެ،