ޝާހުރުކް ޚާންއަކީ ހިންދީ ސިނަމާތަކުގައި ރަސްކަން ކުރަމުން އަންނަ އެތައް ބައެއްގެ ރޯލް މޮޑެލްއެކެވެ.
ޝާހު އަޅާ ގޮތަށް ހެދުން އަޅާ މީހުންނާއި، އޭނާ ވާހަކަ ދައްކާގޮތަށް ވާހަކަ ދައްކައި ފަންނުވެރިކަން ދައްކާލާ މީހުން ވެސް މަދެއް ނޫނެވެ. އަދި ޝާހުގެ އާދަތަކާއި އޭނާ ލޯބިކުރާ ކަންކަމަކީ އޭނާގެ ފޭނުން އަބަދުމެ ބަލަން ބޭނުންވާ ކަންކަމެވެ.
އެގޮތުން ޝާހުގެ ފަރާތުން ފޭނުންނަށް އެންމެ ބޮޑު ހައިރާންކަމެއް ގެނުވި ކަންތައްތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ޝާހު ބޯ ކޮފީގެ އަދަދު ހިމެނެ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ޝާހު ދުވާލެއްގެ މައްޗަށް ބޯ ކޮފީގެ އަދަދަކީ 30 ކަޅުކޮފީ ތައްޓެވެ.
ޝާހު ބުނާގޮތުން އޭނާ ދިރިއުޅެނީ ކޮފީގެ އެހީގައި އެވެ. އަދި ޝޫޓް ކުރާ ދުވަސްތަކުގައި މަސައްކަތަށް ފޯކަސް ކުރަން ކޮފީ، ވަރަށް ބޮޑަށް އެހީވެދޭ ކަމަށް ޝާހު ބުނެ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ޝާހު އޭނާގެ ނެސްޕްރެސޯ މެޝިން، ދާ ހުރިހާ ތަނަކަށް ވެސް ގެންދެ އެވެ. އަދި ހަނދާން ނެތިގެން މެޝިން ބާއްވާފައި ތަނަކަށް ދެވުނު ނަމަ، ކޮންމެ ގޮތެއް ހަދާފައި ވެސް އޭގެ މެޝިނެއް ގަނެވޭތޯ ބަލާކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.
ކުރީގެ ކޮމެންޓް ނުނިމެނީސް އޮޅުމަކުން ފޮނުވުނީ. ކުރިން ބުނި ކުއްޖާއަށް އައިފޯން ގަތުމުގެ ނަފްސާނީ ބަލި ޖެހުނު ގޮތައް ޝާހުއަށް ކޮފީ ބުއިމުގެ ނަފްސާނީ ބަލި ޖެހިފައި އެހެރީ. ރާއްޖޭގެ އެންމެ ނަފްސާނީ ބަލި ގިނައީ ސިޔާސީ ދާއިރާގައި. ސިޔާސީ ދާއިރާގެ ނަގާކިޔާ ގިނަ ބޭފުޅުން ތިބީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި. މުޅި ޖާނާއި މާލު ވެސް އެކަމަށް ގުރުބާން ކުރަން ތައްޔާރަށް. އެހެޔޮ ކެރަފާ ނަޝީދު ނުވަތަ މައުމޫން ޔާމީން ވިއަސް. ނުވަތަ ވަޙީދު އުމަރު ނުވަތަ ކާނަލް ނާޒިމް ވިޔަސް. ހަމައެގޮތައް ޝޭހު އިމްރާން ވެސް
މިޒަމާނުގައި ކިޔާ ގޮތައް ނަމަ ޝާހް އަށް ތިހިރީ ކޮފީ ބުއިމުގެ ނަފްސާނީ ބަލި ޖެހިފައި. އަހަރެން ރައްޓެހި ޒުވާން އަންހެންކުއްޖެއް ހުންނާނެ މިހާތަނަށް ނެރުނު އައިފޯނުގެ ހުރިހާ ވާޝަން ގެ އެންމެ ފަހުގެ އެންމެ އަގުބޮޑު ފޯން ގަންނަ ކުއްޖެއް. ކޮންމެ އަހަރަކު ނެރޭ އައިފޯނުގެ އެންމެ އަގު ބޮޑު ޕޯނު ގަންނާނެ. ކިޔަވާ ކުއްޖެއް. ބައްޕަ ތަނަވަސްވީމަ އެއީ އޭނަ އަށް އެއްވެސް ކަމެއްނޫން.