ރާއްޖެއަށް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި މަރާލި މައްސަލައިގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.
މުޒާހަރާ އިންތިޒާމުކުރާ މީހުން ބުނީ، އެ މުޒާހަރާ އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗުގައި ކަމަށެވެ.
ދޫނިތައް މަރާލާފައިވަނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވާއިރު، ގަވާއިދާއި ހިލާފަށް ގެންނަ ދޫނިތައް އަބަދުވެސް ނައްތާލާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގިނަ އަދަދެއްގެ ދޫނިތަކެއް މާރާލާފައިވާ ފޮޓޯއާއި ވީޑިއޯ ޝޯޝަލް މީޑިއާގައި އިއްޔެ ދައުރުވެފައިވެ އެވެ. އަދި އާންމުން ދަނީ އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. ދޫނިތައް މަރާލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކަރަންޓީނު ފެސިލިޓީގަ އެވެ.
މިނިސްޓްރީން ދޫނިތައް މަރާލާފައިވަނީ ދޫނިތައް ހިފެހެއްޓި މައްސަލަ ސިވިލް ކޯޓުގައި އޮއްވާ ކަމަށްވެ އެވެ.
"އަސްލު ދުޝްމަނާ" ދެކޮޅަށް ތެދުވުމަށް ހާމަނާއީ ގޮވާލައްވައިފި
ރިސޯޓްތަކުން 40 ޕަސެންޓް މާރުކުރަން މަޖުބޫރުކޮށްފި
ސިނަމާލެ ބްރިޖްގައި ރައީސް މުއިއްޒުގެ ހިއްސާއެއް ނޯންނާނެ: ޔާމީން
