މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް ޕްރޮޑިއުސްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްްމް، ދަ ބްރޯކަން ހާޓްސް މިމަހު 20ގައި އިންޑިޔާގެ ތިއޭޓަރުތަކަށް އަންނާނެކަން އިއުލާންކޮށްފި އެވެ.

މިފިލްމަކީ ނިއުޔޯކް ސިޓީގައި އާޓް ގެލަރީ އެސިސްޓެންޓެއްގެ ވަޒީފާގައި ދިރިއުޅޭ، ލޫސީ ނަމަކަށް ކިޔާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔާދޭ ފިލްމެކެވެ. އެގޮތުން ލޫސީ ރައްޓެހިވެގެން އުޅޭ ބައިވެރިޔާ އޭނާ ދޫކޮށްލާފައި ދިއުމުން އޭނާގެ ހިޔާލަށް އަންނަނީ ކުރީގެ ގުޅުންތަކުން ލިބިފައި ހުންނަ ތަކެތި ވިއްކާލެވޭނެ ޕޮޕް އަޕް ޝޮޕްއެއް ހުޅުވުމަށެވެ. ފިލްމު ބިނާވެފައި ވަނީ މި ހިޔާލު އޭނާ އަސްލަކަށް ހެދުމުގައި ކުރިމަތިވާ ކަންކަމުގެ މައްޗަށެވެ.

ނަތާލީ ކްރިންސްކީ ޑައިރެކްޝަނަށް ނުކުމެފައިވާ މިފިލްމުން ފެނިގެންދާ ތަރިންނަކީ ޑެކާ މޮންގަަމަރީ، އުތްކާޝް އަމްބުޑްކަރް، މޮލީ ގޯޑޮން، ފިލިޕާ ޝޯ އަދި ބާނަޑެޓް ޕީޓާސް އެވެ. އިންޑިޔާއަށް އުފަން ތަރިންތަކެއް ހިމަނައިގެން އުފައްދާފައިވާ މިފިލްމު އިންޑިޔާގައި ރިލީސް ކުރުމަށް ހަމަޖެހިިފައިވަނީ ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓްއިންނެވެ.

ފިލްމުގައި ކުޅޭ ރޯލާއި ބެހޭގޮތުން ފިލްމުގެ ލީޑް ބަތަލާ ބުނެފައިވަނީ އޭނާ މިފިލްމުގައި ކުޅޭ ރޯލަކީ އޭނާގެ ވަށައިގެން އުޅޭ މީހުން އިންޕަޔާ ވާ ފަދަ ޖެހިލުންކުޑަ އަންހެނެއްގެ ރޯލެވެ.