ހެންވޭރު އާޓިފިޝަލް ބީޗް ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އަލިފާން ރޯވެފައި ވަނީ ހ. ނޫއަލިގޭ ނަމަކަށް ކިޔާ ގެއެއްގަ އެވެ. އަދި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއިން ވަނީ ނިއްވާލާފަ އެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 8:55 ގައި ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެފްއާރްއެސްގެ ފައިޓަރުން، އަލިފާން ނިއްވުމުގައި އެސަރަައްދަށް ގޮސް، ހަރަކާތްތެރިވެފައި ކަަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވާ އިމާރާތުން ވަރަށް ބޮޑަށް ދުމުގެ އަސަރު ފެނެ އެވެ.
މި ހާދިސާގައި 10 މީހަކަށް ދުމުގެ އަސަރުކުރުމާއި ގުޅިގެން، އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެމީހުންނަށް ފަރުވާދީފައި ވަނީ އެމްއެންޑީއެފްގެ ސެނަހިޔާ އިންނެވެ.
"ލިޒާޑް މިއުޒިކް"ގައި ދަ ރޮކް: ވަކި ކުރަން ވެސް ނޭނގޭ!
ވަކި މުއްދަތަކަށް ކުދިވިޔަފާރިތަކަށް އިމްޕޯޓް ޑިއުޓީގެ ލުޔެއް
ރޭގަނޑު ލަހުން ކާނަމަ ބަރުދަން އިތުރު ވޭތަ؟ ޑޮކްޓަރެއްގެ ޖަވާބު!
