ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ދެ ބިދޭސީއަކު ޑީޕޯޓު ކޮށްލައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ބިދޭސީންގެ މައްސަލަތައް ބަލާ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ ކޮމިޓީއަށް މިއަދު ވަނީ އިމިގްރޭޝަން އާއި ފޮރިން މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށް ބައްދަލުވުމެއް ބާއްވާފަ އެވެ.
މިކަމާ ގުޅިގެން އެ ކޮމިޓީގެ ޑެޕިއުޓީ އިމްގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުގޮތުގައި އެކި ކުށްތަކުގައި ޝާމިލުވާ ބިދޭސީންގެ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނަ އެވެ. އެގޮތުން އޭނަ ފާހަގަކުރި ގޮތުގައި ބްލެކް މާކެޓުގައި ލާރި މާރުކުރުން ހިމެނޭކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ މިދިޔަ ދެ މަސް ތެރޭގައި ވެސް 11 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓް ކޮށްފައި ވާނެ ކަމަށެވެ.
އޭގެ އިތުރުން ހަށިވިއްކުމުގެ ކުށުގައި 46 ބިދޭސީއަކު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ ޑީޕޯޓްކޮށްފައިވެ އެވެ.
އެފަދަ ކަންކަމަކީ އާންމުކޮށް ހިނގާ ކުށްތައް ކަމަށްވުމުން ފުލުހުންނާއި ގުޅިގެން އޮޕަރޭޝްންތައް ހަފްތާތަކަށް ބަހާލައިގެން ހިންގަމުން އަންނަ ކަމަށް ވެސް ޝިފާންގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.