2026 ވަނަ އަހަރު އިންޓަނެޓުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ އެއް ކަމަކީ ޕާކިސްތާނުގެ ޑްރާމާ ސީރީޒް ތަކެވެ. ޔޫޓިއުބުން ބަލާލެވޭ މި ސީރީޒްތައް ދިވެހިންގެ މެދުގައި ވެސް ދަނީ މަޝްހޫރު ވަމުންނެވެ.
މީގެ ތެރޭގައި ކޯޓު މައްސަލައެއްގެ މައްޗަށް ބިނާކޮށްފައިވާ ޑްރާމާތަކާއި، ސައިބާ ކުށުގެ ހާދިސާއެއް ދައްކުވައިދޭ ޑްރާމާތަކާއި، ލޯބީގެ ވާހަކަތަކުގެ އިތުރުން އާއިލީ ގުޅުންތަކުގެ ގުޅުންތަކުގެ މައްޗަށް އުފައްދާފައިވާ ޑްރާމާތައް ވެސް ހިމެނެ އެވެ.
މި ލިޔުމުގައި މި ބަލާލަނީ މިހާރު ވައިގައި ހިފާފައިވާ އެންމެ މަޝްހޫރު 8 ޕާކިސްތާނުގެ ސީރީޒް އަށެވެ. މީގެ ތެރެއިން ހަތް ޑްރާމާއެއް ނިމިފައިވާއިރު، 21 ނޮވެންބަރު 2026 ގެ ނިޔަލަށް އަދިވެސް ދައްކަމުންދަނީ "ދަރު-އީ-ނިޖާތު" އެކަންޏެވެ.
1. މޭރީ ޒިންދަގީ ހޭ ތޫ
ހާނިޔާ ޢާމިރު (ޑރ. އާޔްރާ) އަދި ބިލާލް ޢައްބާސް ޚާން (ކާމްޔާރް) ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދިޔަ މި ޑްރާމާގެ ފުރަތަމަ އެޕިސޯޑުން ފެށިގެން ވެސް ބެލުންތެރިން މި ދެ ތަރިންގެ ކެމިސްޓްރީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. ފުރަތަމަ އެޕިސޯޑުގައި ބިލާލް ހާއްސަ މިޒާޖެއްގެ ސައިބާ ހެކަރެއްގެ ގޮތުގައި ފެނިގެންދިޔައިރު، ހަތަރު މަސް ވަންދެން ބެލުންތެރިން ވާހަކަދެއްކީ އެ ދެ ކަންތައް ތެރެއިން ވޮޑީ ބޮޑަށް ނުރައްކާތެރީ ކޮން ކަމެއްތޯ އެވެ.
2. ކޭސް ނަންބަރު 9
ޖިއޯ ނިއުސްގެ ނޫސްވެރިޔާ ޝަހުޒޭބު ހާންޒާދާ ފުރަތަމަ ފަހަރަށް ލިޔުނު ސްކްރިޕްޓަށް ބިނާ ކޮށްފައިވާ މި ޑްރާމާއަކީ ޖިންސީ ގޯނާއާއި އަދުލު އިންސާފާ ގުޅޭ ކޯޓު މައްސަލައެއްގެ ވާހަކަ ގެނެސްދޭ ޑްރާމާއެކެވެ. ސަބާ ގަމަރް ކުޅެފައިވަނީ މުއްސަނދި ވެރިޔަކު ކަމަށްވާ ކާމްރާން (ފަޔްޞަލް ޤުރައިޝީ)ގެ ފަރާތުން ޖިންސީ އަނިޔާއެއް ލިބޭ ކްރިއޭޓިވް ޑިރެކްޓަރު ސެހެރް މުއައްޒަމްގެ ރޯލެވެ. ޑްރާމާގެ ނިމުމުގައި ސެޙަރްއަށް އިންސާފު ލިބެ އެވެ.
3. އޭކް އޯރު ޕާކީޒާ
އަލަށް ވަކީލު ކަމުގެ ދާއިރާއަށް ނުކުތް ޕާކީޒާ (ސެހެރް ހާން)އާއި އިންޖިނިއަރު ފަރާޒް (ނަމީރް ހާން)އަށް ބަޑީގެ ބިރު ދައްކައިގެން ވީޑިއޯއެއް ރެކޯޑުކޮށް، އެ ވީޑިއޯ އޮންލައިންކޮށް ލީކު ކޮށްލުމުގެ ހާދިސާގެ މައްޗަށް ބިނާކޮށްފައިވާ މި ޑްރާމާއަކީ ސައިބާ ކުށުގެ ހަގީގަތްތައް ހާމަކޮށްދޭ ޑްރާމާ އެކެވެ.
4. ޑޮކްޓަރ ބަހޫ
ހޮސްޕިޓަލެއް ހިންގާ އާއިލާއަކާ ކައިވެނިކުރާ، ގާބިލު ޑޮކްޓަރެއް ކަމަށްވާ ޑރ. ސާނިޔާގެ ރޯލުން ކުބްރާ ހާން ފެނިގެންދާއިރު، ޑޮކްޓަރީ ޑިގްރީއެއް އޮތުމަކުން އާއިލާގެ ޅީދަރިއެއްގެ ޒިންމާތަކުން ސަލާމަތްނުވާކަން މި ޑްރާމާއިން ދައްކުވައިދެ އެވެ. އޭނާގެ ފިރިމީހާ ސަލްމާންގެ ރޯލުން ޝުޖާ އައްސަދު ފެނިގެންދާއިރު، 2019 ވަނަ އަހަރުގެ ފަހުން މެހްރީން ޖައްބާރް ޑައިރެކްޓުކުރި ފުރަތަމަ ފުލް-ލެންތު ސީރީޒްއަކީ މިއީ އެވެ.
5. ހަމް ރާހީ
އަހަރުގެ އެންމެ ބޮޑު ލޯބީގެ ވާހަކައިގެ ގޮތުގައި ޖިއޯއިން އިޝްތިހާރުކުރި މި ޑްރާމާގައި، "ދީވާންގީ" އަދި "ޖާން ނިސާރް" އަށް ފަހު ދާނިޝް ޓައިމޫރާއި ހިބާ ބުހާރީ އަލުން އެކުގައި ފެނިގެންދިޔަ އެވެ. ފުރަތަމަ އެޕިސޯޑަށް އެކަނި ވެސް 8 މިލިއަނަށްވުރެ ގިނަ ވިއުސް ލިބުނެވެ. ދާނިޝް ކުޅެފައިވަނީ ބާރުގަދަ ޢާއިލާއެއްގެ އޯގާތެރި ވާރިސެއް ކަމަށްވާ ސަޔްޙާން ޣާޒީގެ ރޯލެވެ. ހިބާ ކުޅެފައިވަނީ އެލިފް އަދި ފަހުން އިލްހާމްގެ ޑަބަލް ރޯލެވެ.
6. ޒަންޖީރޭން
ސަޖަލް އަލީއާއި އާމިރު ޖީލާނީގެ ލޯބީގެ ވާހަކައެއްގެ ގޮތުގައި ޕޯސްޓަރުތަކުން ދެއްކި ނަމަވެސް، ފަރްހަތު އިޝްތިޔާގުގެ ވާހަކައިގައި އެހެން ކަންތައްތަކެއް ވެސް ހިނގަ އެވެ. ރާބިޔާގެ ފިރިމީހާ މުދައްސިރު މަރާލަނީ ރާބިޔާގެ ފަހަތުން އުޅޭ މީހެއް ކަމަށްވާ ޓޯރްސަމް އެވެ. އެއަށްފަހު އޭނާގެ ބެލުމުގެ ދަށަށް ދާ ސަރް ބުލަންދުގެ ރޯލުން ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދާންޔާލް ޒަފަރު ފެނިގެންދާއިރު، ސަޖަލްއާ އކު އޭނާގެ ކެމިސްޓްރީއަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.
7. ބަސް ތޭރާ ސާތު ހޯ
ޖޫން 2025 ގައި މަރުވި، "މޭރޭ ހަމްސަފަރް"ގެ ލިޔުންތެރިޔާ ސާއިރާ ރަޒާ ލިޔުއްވި މި ސްކްރިޕްޓުގައި، އާންމުކޮށް ފެންނަ އުސޫލު ބަދަލުކޮށް، އަނިޔާ ލިބޭ އަދި ދަށްކޮށްލެވިފައިވާ އަނަސް (ފަރްހާން ސައީދު)ގެ ރޯލު ހީރޯއެއްގެ ގޮތުގައި ގެނެސްދެ އެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ހަދާފައިވާ ވީޑިއޯއެއްގެ ސަބަބުން ހަޔާތް ހަލާކުވާ އަންސާ (ސަނާ ޖާވިދު) އޭނާއާ ކައިވެނިކޮށް، އޭނާގެ ހިތްވަރުން އަނަސް ޖަލުން ސަލާމަތްކުރެ އެވެ.
8. ދާރު-އެ-ނިޖާތު
އުމޭރާ އަހުމަދު ލިޔެފައިވާ މި ޑްރާމާއާ ގުޅޭގޮތުން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑެތި ބަހުސްތައް ހިނގަ އެވެ. ޒަމީލް (ނަމީރް ހާން)ގެ ޚިޔާނާތްތެރިކަން ލިބޭ ޒަރްޔާބުގެ ރޯލުން ދުރެފިޝާން ސަލީމް ފެނިގެންދާއިރު، އަބޫބަކުރުގެ ރޯލުން ޝެހެރްޔާރު މުނައްވަރު ފެނިގެންދެ އެވެ. ޒަރްޔާބު އަމިއްލަ ހަޔާތް އަލުން ބިނާ ކުރުމަށް އަބޫބަކުރުގެ އެހީތެރިކަން ބޭނުންވޭތޯ ކުރެވޭ ބަހުސަކީ މި ސީޒަނުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އެވެ.
"ނަރުދަމާއަށް ގެންދިޔަ ސާމާނުތައް ވަނީ ހިކި ވަޅޯމަހަށް ވެފައި"
ހޮލީވުޑަށް ބޯކޮށް ވާރޭ ވެހި ގިނަ ގެއްލުންތަކެއް!