ފިލްމު "ގެހެރާއިއާން" ގައި ދީޕިކާއާއެކު ލޯބީގެ ރޯލެއް ކުޅެން ވަރަށް ބޮޑަށް ފަސްޖެހުނު ކަމަށް ފިލްމުގެ މައި ރޯލު ކުޅުނު އެކްޓަރު ސިދާންތް ޗަތުރްވޭދީ ބުނެފި އެވެ.

ފިލްމުގައި، ދީޕިކާ އާއެކީ ލޯބީގެ ގުޅުން ބާއްވާ ރޯލެއް ލިބުމުން، އޭނާއަށް އެކަން އެންމެ އެދެވޭ ގޮތުގައި ބެލުންތެރިންނަށް ހުށަހެޅޭނެ ކަމަށް އަމިއްލަ ނަފްސާ މެދުގައި ޝައްކުތަކެއް ކުރެވުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސިދާންތް ބުނީ، ރޯލު ލިބުމުން، އޭނާ އަށް ދީޕިކާ ފަދަ މަޝްހޫރު ފަންނާނަކާއެކު ރޯލެއް ކުޅެން ލިބިދާނެ ކަމަށް ގަބޫލު ވެސް ނުކުރެވޭ ކަމަށެވެ. ހަމަ އެހެންމެ ދީޕިކާއަކީ ބޮލީވުޑްގެ މަޝްހޫރުކަން ހޯދާފައިވާ، ޝާހްރުކް ޚާން އާއި، ރަންބީރު ކަޕޫރް އަދި ރަންވީރު ސިންގް ފަދަ ބޮޑެތި ފަންނާނުންނާއެކު ބަތަލާގެ ރޯލު ކުޅޭ ފަންނާނެއްކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް ސިދާންތް ބުނީ، އޭނާ ހިތްވަރު އެލުވާ ނުލާ ކަމަށާއި، ބެލުންތެރިންނަށް ބަލާލަން ބޭނުންވާ ފަދަ އެކްޓެއް ދައްކައިދެވުނު ކަމަށް އޭނާ އުންމީދުކުރާ ކަމަށެވެ.

ގެހްރާއިއާން އަކީ ހަތަރު ފަންނާނުންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު 11 ވަނަ ދުވަހު މި ފިލްމު ރިލީޒްކޮށްފައިވާއިރު، ގިނަ ބަޔަކަށް ފަންނާނުން ދައްކާލި އެކްޓް ވަނީ ކަމުގޮސްފަ އެވެ.