ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ކުރެއްވި ތައިރޮއިޑް ސާޖަރީ ނިމިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ، އެމަނިކުފާނު ތައިރޮއިޑް ފަރުވާއަށް މިއަދު ކުރެއްވި ފަރުވާއަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތުތަކާއި އަލުން ހަވާލުވެވަޑައިގަނެފައިވާ ކަމަށެވެ.
އެގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވެސް ސާޖަރީ ނިމިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިހާރު އެމަނިކުފާނުގެ އާލާސްކަންފުޅު އަންނަނީ ރަނގަޅުވަމުން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ސޯލިހް ތައިރޮއިޑް ސާޖަރީއެއް ކުރުމާ ގުޅިގެން، މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންފަ އެވެ. އެމަނިކުފާނު ވަގުތީގޮތުން އެމަސްއޫލިއްޔާތާ ހަވާލުވެވަޑައިގަތީ މިއަދު ހެނދުނު 6:00 ގަ އެވެ.
ރައީސް، ސާޖަރީން ރަނގަޅުވެ ވަޑައިގަތުމަށްފަހު މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގަތީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ދުޅަހެޔޮ ސިއްހަތަށް ހެޔޮ އެދުން އަދި ހެޔޮ ދުއާ ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
 މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
			މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					