ކައުންސިލްތަކަށް ލިބެން އޮތް އާމްދަނީއަށް ހުރަސް އެޅުމަކީ ލަދުވެތި ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ނަރީޝް މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ކުންފުނި އުފެއްދުމަށް ސަރުކާރުން ކުރިމަތިކުރުވާ ދަތިތަކަށް އިޝާރާތްކުރައްވަމުން ނަރީޝް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެކަމަށް ހުރަސް އަޅަމުން އަންނަނީ މިނިސްޓަރު ފައްޔާޒު ކަމަށް ވެސް ނަރީޝް ތުހުމަތު ކުރެއްވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ކުންފުނި އުފެއްދުމުގެ ހުއްދަ ދިނުން ލަސްވުމާއި ގުޅިގެން، މީގެ ކުރިން މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ސިޓީ ކައުންސިލުން ކުރާ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. މިއާއެކު މޭޔަރު ވަނީ ކައުންސިލްގެ އެކްޝަން ޕްލޭންގައި ހުރި ކަންކަން ކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް އެއްބާރުލުން ނުދިނުމަކީ ލާމަރުކަޒީ ނިޒާމަށް ކުރެވޭ ބޭއިހުތިރާމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
އެ ޒަހަމްތައް އަދިވެސް އެބަހުރި: ހަރްޝަދުގެ ހިތި ލޯބީގެ ތަޖުރިބާ
ތިމާފޭހުނު އިލޮށިގަނޑު ތިމާގެ ލޮލާށް ތިޔަހެރުނީ